އަޑިއަށްދިޔަ ފިޔާ ބޯޓުގައި ތިބި މީހުން އެހެން ބޯޓަކަށް ނަގައިފި!

ކިޔުމަށް ހޭދަވާނީ 1މ
އަޑިއަށްދިޔަ ފިޔާ ބޯޓުގައި ތިބި މީހުން އެހެން ބޯޓަކަށް ނަގައިފި!

އިންޑިއާއިން ފިޔާ ބަރުކޮށްގެން ރާއްޖެ އަންނަނިކޮށް އަޑިޔަށްދިޔަ ބޯޓުގައިތިބި މީހުން، އެހެން ބޯޓަކަށް ނަގައިފިއެވެ.

އަޑިއަށް ގޮސްފައިވަނީ އެސްޓީއޯ އަށް ފިޔާ ބަރުކޮށްގެން އައި ސަޕްލައި ބޯޓެއްކަމަށް މައުލޫމާތު ލިބިފައިވެއެވެ.

އެމްއެންޑީއެފް އިން ބުނީ އިންޑިއާގެ ޓުޓުކޮރި ބަނދަރުން ފިޔާ ބަރުކޮށްގެން ރާއްޖެ ދަތުރުކުރަނިކޮށް އަޑިއަށް ގޮސްފައިވަނީ "އެމްއެސްވީ އާކް އޮފް ގޯޑް" ނަމަކަށް ކިޔާ މުދާ އުފުލާ ބޯޓެއް ކަމަށާއި ބޯޓު އަޑިއަށް ދިޔައިރު އޭގައި ނުވަ މީހަކު ތިބި ކަމަށެވެ.

އެ ނުވަމީހުން ކަނޑުވެފައި ތިއްބާ ސަލާމަތްކޮށްފައިވަނީ މާލެއިން ފުރައިގެން ޓުޓިކޮރިން އަށް ދަތުރުކުރި ރާއްޖޭގެ ބޯޓެއް ކަމުގައިވާ "ވީބީ ޕްރޮގްރެސް" ނަމަކަށް ކިޔާ ބޯޓަކުން ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

ކަނޑުމަތިން ނެގި މީހުންނާއެކު މިހާރު އެ ބޯޓު އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ވަނުމަށް ދަތުރުކުރަމުންދާ ކަމަށާއި މިބޯޓާއެކު، އިންޑިއާ ކޯސްޓްގާޑުގެ އުޅަނދެއް ހަރަކާތްތެރިވަމުންދާ ކަމަށްވެސް އެމްއެންޑީއެފް އިން ބުންޏެވެ.

އަޑިއަށް ދިޔަ ބޯޓުގައި ތިބި ނުވަ މީހުންގެ ހާލު ރަނގަޅު ވެސް ރަނގަޅު ކަމަށްް އެމްއެންޑީއެފް އިން ބުންޏެވެ.

މިއަދު އޮންލައިން