ބޮޑު އަގުގަ ގުޅިފަޅުގެ ބިން ހިއްކަން ބޮސްކާލިސް އަށް ދިން މައްސަލަ އޭސީސީ އިން ބަލަން ފަށައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 31ސ
ބޮޑު އަގުގަ ގުޅިފަޅުގެ ބިން ހިއްކަން ބޮސްކާލިސް އަށް ދިން މައްސަލަ އޭސީސީ އިން ބަލަން ފަށައިފި

ބޮޑު އަގުގައި ގުޅިފަޅުގެ ބިން ހިއްކަން ބޮސްކާލިސް އަށް ދިން މައްސަލަ އޭސީސީ އިން ބަލަން ފަށައިފިއެވެ. 

މިއަދުނޫހުން ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން އޭސީސީގެ މީޑިއާ އޮފިޝަލް ވިދާޅުވީ މައްސަލަ ބަލަމުން ގެންދަނީ އެކޮމިޝަނުން އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގައި ކަމަށެވެ. 

"މީޑިއާތަކުން ކޮމިޝަނުގެ ސަމާލުކަމަށް ގެންނަ މައްސަލަތައްވެސް އަދި އަމިއްލަ ފަރާތްތަކުން ކޮމިޝަނުގެ ސަމާލުކަމަށް ގެންނަ މައްސަލަތައްވެސް ކޮމިޝަނުން ދަނީ ބަލަމުން. މި މައްސަލަ ބަލަންފަށާފައިވަނީ ކޮމިޝަނުން އިސްނަގައިގެން ބަލާ މައްސަލައެއްގެ ގޮތުގަ." ކަމަށްވެސް މީޑިއާ އޮފިޝަލް ވިދާޅުވިއެވެ. 

ރާއްޖެއިން ކޮރަޕްޝަން ފިލުވައިލަން މިސަރުކާރުން އިސްނަގައިގެން ކުރަމުން ގެންދާ މަސައްކަތްތަކުގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ކޮރްޕްޝަންގެ މައްސަލައެއް ކަމަށް ހިމެނޭ މައްސަލަތައް ރިޕޯޓް ކުރުމަށް ޚާއްޞަ ޕޯޓެލް އެއްވެސް އިފްތިތާހްކޮށްދެއްވައި ރިޕޯޓްކުރީ ކާކުކަން ނުއެނގޭނެ ގޮތަށް ރިޕޯޓް ކުރެވޭނެ ގޮތް ވެސް ހަމަޖައްސަވައި ދެއްވައިފައެވެ. 

އޭސީސީން ވެސް ގެންދަނީ ސޯޝަލް މީޑިއާ މެދުވެރިކޮށް އެ ކޮމިޝަނުގެ ސަމާލުކަމަށް ގެންނަ މައްސަލަތައްވެސް ބަލަމުންނެވެ. އެގޮތުން ޓްވިޓަރ މެދުވެރިކޮށްވެސް މައްސަލަތައް އެ ކޮމިޝަނުގެ ސަމާލުކަމަށް ގެނެވޭނެ ކަމަށް އޭސީސީން ވަނީ ބުނެފައެވެ.  

 

މިއަދު އޮންލައިން