އިސްލާމް ދީނަށްވުރެ މޮޅު ގޮތެއް ދެއްކުމުގެ ނަމުގަ ޤައުމު ފަސާދަކުރަން ޖާގައެއް ނުދެވޭނެ: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 19ސ
އިސްލާމް ދީނަށްވުރެ މޮޅު ގޮތެއް ދެއްކުމުގެ ނަމުގަ ޤައުމު ފަސާދަކުރަން ޖާގައެއް ނުދެވޭނެ: ޤާސިމް އިބްރާހީމް

އިސްލާމް ދީނަށްވުރެ މޮޅު ގޮތެއް ދެއްކުމުގެ ނަމުގައި ދިވެހި ޤައުމު ފަސާދަކުރަން އެއްވެސް ބައަކަށް ޖާގަ ނުދެވޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.  

ޖުމްހޫރީ ޕާޓީ އާއި ބައެއް މެންބަރުން ގުޅުމަށް މިރޭ އެޕާޓީގެ މައި މަރުކަޒު މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ ދިވެހި ޤައުމު ފަސާދަކޮށް ޤައުމުގެ އިޤްޠިޞާދު ފުނޑުފުނޑުކުރަން މަސައްކަތްކުރާ މީހުންގެ ސަބަބުން ޑިމޮކްރަސީއެވެ މިކިޔާ ބަހަށްވެސް ލިބެނީ ވަރަށް ބޮޑު ހުތުރެއް ކަމަށެވެ. "ޑިމޮކްރަސީއަކީ ބައަކު ޤަބޫލުކޮށްގެން ތިބި ގޮތްތައް ބަދަލުކުރުންތޯ؟ އިސްލާމް ދީނުގަ އޮތް ބޭއިންޞާފަކީ ކޮބައިތޯ؟ އެއިރުންސުރެ މިހާރާއި ހަމައަށް ބެލިނަމަވެސް ކީރިތި ޤުރްއާނާއި ރަސޫލާ (ޞޢވ)ގެ ޙަދީޘްފުޅުތަކަށްވުރެ ރަނގަޅު އެއްވެސް ހަމަތަކެއް ދުނިޔެ ދެކެފައެއް ނުވޭ!" 

ޤާސިމް އިބްރާހީމްގެ ވާހަކަފުޅުން:  

އެމްޑީއެން ހީކުރަނީތޯ ޝާއިޢުކޮށްލާ ރިޕޯޓަކުން ފާއިތުވި 900 ވަރަކަށް އަހަރު ރާއްޖޭގައި އޮތް އިސްލާމްވަންތަކަން ނައްތައިލެވިދާނެ ކަމަށް ނުވަތަ އަޅުގަނޑުމެންގެ ތެރެއިން އިސްލާމް ދީން ފުހެލައި ނިކަމެތިކޮށްލެވިދާނެ ކަމަށް؟ އެއީ ކުރެވޭނެ ކަމެއް ނޫންކަން ކަށަވަރު! އެފަދަ ކަންކަން ކުރާމީހުން މާތް އެކަހެރިކުރައްވަވައި ނިކަމެތި ކުރައްވަވާނެ! މާތް ﷲ ވާގިފުޅާއިއެކު އެފަދަ ކަންކަން ކުރާ މީހުން ނިކަމެތިވެގެންދާތަން އަޅުގަނޑުމެންނަށް ފެންނާނެ! 

އެކަން ޤަބޫލުނުކުރާ ބޭޗާރާވެފައި ތިބި ބައަކު ނުކުމެ މި ޤައުމު ފަސާދަކުރަން ޖާގައެއް ނުދެވޭނެ އިނގޭތޯ؟ ރާއްޖޭގެ ލޮބުވެތި ރައްޔިތުން ތިބީ މި ޤައުމު ފަސާދަކުރަން ޖާގަދޭކަށް ނޫން! އެގޮތަށް ނުކުމެ އުޅޭ ބައަކަށް ދިވެހި ރައްޔިތުންގެ އެއްބައިވަންތަކަމާއި ޤައުމުގެ އިޤްޠިޞާދު ފުނޑުފުނޑުކުރަން ފުރުޞަތެއް ނުދެވޭނެ. ދިވެހި ރައްޔިތުންގެ ދީނީ ޢަޤީދާ ފުނޑުފުނޑުކޮށެއްވެސް ނުލެވޭނެ އިނގޭތޯ؟  

ޤާނޫނު އަސާސީގެ 2 ވަނަ މާއްދާއަށް ބެލި ނަމަވެސް ދިވެހި ދައުލަތުގެ ކޮންމެ މަޤާމެއްގައި ހުރި ނަމަވެސް އެމީހަކު މާތް ﷲ ގަންދީ ހުވާކޮށްފައި އޮންނާނީ ރާއްޖޭގައި އިސްލާމް ދީން މަތިވެރިކޮށް ޙިމާޔަތްކުރަން. އިޚްލާޞްތެރިކަމާއިއެކު އެކަން ކުރަން ﷲ ގަންދީ ހުވާކޮށްގެން ނެތް ހަމައެކަކުވެސް ނުހުންނާނެ! ކުރާ ހުވައަކީ ކުޅޭކުޅޭ އެއްޗެއްތޯ؟ ނޫން! އެހެނެއް ނުވާނެ އިނގޭތޯ؟  

ދީނުގެ ކަންކަމަކީ ކުޅޭ ކުޅިވަރަކަށް ނުހައްދަވާ! މާތް ﷲ ވާގިފުޅާއިއެކު ކުރިއަށް އޮތްތަނުގައި ފެނިގެންދާނީ ދިވެހި ރައްޔިތުން އިސްލާމް ދީނުގައި އިތުރަށް ސާބިތުވާތަން! އަމާންކަމުގައި ދުނިޔެ ނަމޫނާ ދައްކަމުން އަންނަ ދިވެހި ރާއްޖެއަކީ ނަރަކައަކަށް ހަދަން ނޫޅޭ. މާތް ﷲ ވާގިފުޅާއިއެކު އެކަމެއް ނުކުރެވޭނެ އެއްބައަކަށްވެސް.  

އިސްލާމް ދީނަށް ފުރައްސާރަކޮށް ޖޯކްޖަހައި ކުޑައިމިސް ހަމަ އެންމެ ބަހެއް ބުނުމުގެ ފުރުޞަތުވެސް ޖުމްހޫރީ ޕާޓީގެ ތެރެއިން ނުލިބޭނެ ކަމުގެ ޔަޤީންކަން އަޅުގަނޑު އަރުވަން.

މިއަދު އޮންލައިން