އިސްލާމް ދީނަށް ފުރައްސާރަކޮށް ގޮންޖެހި މީހުންނަށް ސަލާމަތެއް ނުވެވޭނެ!: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 40ސ
އިސްލާމް ދީނަށް ފުރައްސާރަކޮށް ގޮންޖެހި މީހުންނަށް ސަލާމަތެއް ނުވެވޭނެ!: ޤާސިމް އިބްރާހީމް

ދުނިޔޭގެ ކޮންމެ ތަނެއްގައި ފިލައި ހޮރުތަކުގައި ތިބި ނަމަވެސް އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ފުރައްސާރަކޮށް ބަދުބަސްބުނެ ކީރިތި ޤުރްއާނުގެ ޙަޤީޤަތް އޮޅުވައިލަން މަސައްކަތްކުރި މީހުން ދުނިޔޭގެ ކޮންމެ ތަނެއްގައި ފިލައި ހޮރުތަކުގައި ތިބި ނަމަވެސް އެމީހުން ހޮރުތަކުން ނެރެ އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅު ދިވެހި ސަރުކާރުން އަޅާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީ އާއި ބައެއް މެންބަރުން ގުޅުމަށް މިރޭ އެ ޕާޓީގެ މައި ޖަގަަހ މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ "އެމްޑީއެން އުވާލުމުން އަދި އެއީ ނިމުމެއް ނޫން ކަމަށާއި އިސްލާމް ދީނަށާއި ރަސޫލް (ޞޢވ) އަށް ބަދުބަސް ބުނެ ފުރައްސާރަކޮށް ކީރިތި ޤުރްއާނަކީ މުޙައްމަދުގެފާނު (ޞޢވ) އަމިއްލަފުޅަށް ހައްދަވައިގެން އުޅުއްވަވާ ފޮތެއް ކަމަށް ބުނެ އެއީ ލެންބައިތުތަކެއް ކަމަށް ބުނެފައި ސަލާމަތް ނުވެވޭނެ ކަމަށެވެ. "އެގޮތަށް ބުނި މީހަކު ކޮންގޮތަކުންތޯ ސަލާމަތްވާނީ؟ ކޮން އިރަކުތޯ އެފަދަ މީހުން ސަލާމަތްވީ؟ 

ޤާސިމް އިބްރާހީމް ވިދާޅުވީ އެމްޑީއެން އާއިމެދު އަޅަން ޖެހޭ ޤާނޫނީ ފިޔަވަޅު ސަރުކާރުން އަޅާނެ ކަމަށް ޔަޤީންކުރައްވާ ކަމަށާއި ކަންކަން ނިންމެވުން ލަސްވަމުން ދަނީ ޢަދުލުވެރިކަމާއިއެކު މައްސަލަތައް ނިންމެވުމަށް ސަމާލުކަން ދެއްވާތީ ކަމަށްވެދާނެ ކަމަށެވެ. ނަމަވެސް އެކަން ލަސްވަމުން ދަނީ ބައަކާއިމެދު ސަހަރޯވެރިވެގެން ނޫންކަން ޔަޤީން ކުރައްވާ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ މިގޮތަށް މިވާހަކަފުޅު ދެއްކެވުމުން މާދަމާ އެމަނިކުފާނަށް ވަރަށް ގިނަ އެއްޗެތިގޮވާނެކަންވެސް އެނގިވަޑައިގަންނަވާ ކަމަށެވެ. ނަމަވެސް އެކަމަށް އެއްވެސް ވަރަކަށް ކަންބޮޑުވެވަޑައި ނުގަންނަވާ ކަމަށާއި ތަކުރާރުކުރައްވައިވެސް އެދިވަޑައިގަންނަވާނީ ޤައުމު ބައިބައިކޮށް ހަމަނުޖެހުން އުފައްދަން އެއްވެސް ބައަކު މަސައްކަތް ނުކުރުމަށް ކަމަށެވެ.

އަދި އެމްޑީއެންގެ މައްސަލައިގައި ރައްޔިތުންގެ މަޖިލީހުގެ މެންބަރުންވެސް އަދި ފުލުހުންނާއި ހުރިހާ މުއައްސަސާތަކުންވެސް އަޅަންޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށެވެ. 

މިއަދު އޮންލައިން