ޤާނޫނު ހިންގަން ހުރަސް އެޅުމުގެ ކުށުގައި އަދީބު ފިލި ޓަގްބޯޓުގެ ކެޕްޓަން ޖަލަށް!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 32ސ
ޤާނޫނު ހިންގަން ހުރަސް އެޅުމުގެ ކުށުގައި އަދީބު ފިލި ޓަގްބޯޓުގެ ކެޕްޓަން ޖަލަށް!

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ފިއްލަވަން އަރާވަޑައިގެންނެވި ޓަގްބޯޓު "ވާގޯ 9" ގެ ކެޕްޓަން ޤާނޫނު ހިންގަން ހުރަސް އެޅުމުގައި ބައިވެރިވުމުގެ ކުށުގައި ޖަލަށް ލުމަށް ހުކުމް ކޮށްފިއެވެ.

އިންޑޮނީޝިއާގެ ރައްޔިތެއް ކަމުގައިވާ ކެޕްޓަން ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ 3 މަހާއި 18 މަހަށެވެ. 

މި ޓަގްބޯޓު ކެޕްޓަންގެ އިތުރުން ޗީފް އިންޖީނޭރަށް ވެސް ވަނީ ހަމަ މި ހުކުމް އައިސްފައެވެ.

މި މައްސަލައިގައި އަދީބު ވެސް ތިން މަހާއި 18 ދުވަހަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ މީގެކުރިން ހުކުމްކޮށްފައެވެ. 

މިއަދު އޮންލައިން