އެމްޑީއެން މައްސަލައިގަ ރައީސް ޞާލިޙްގެ ކިތަންމެ އަރިސް ބޭފުޅުން ތިއްބެވި ނަމަވެސް ފިޔަވަޅު އަޅުއްވާނެ: ޤާސިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 14ސ
އެމްޑީއެން މައްސަލައިގަ ރައީސް ޞާލިޙްގެ ކިތަންމެ އަރިސް ބޭފުޅުން ތިއްބެވި ނަމަވެސް ފިޔަވަޅު އަޅުއްވާނެ: ޤާސިމް

ރާއްޖެއިން އިސްލާމް ދީން ފުހެލަން މަސައްކަތްކުރާ އެމްޑީއެން އިން ރިޕޯޓެއް ނެރުނު މައްސަލައިގައި  ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ކިތަންމެ އަރިސް ބޭފުޅުން ތިއްބެވި ނަމަވެސް އަޅުއްވަން ޖެހިވަޑައިގަންނަވާ ޤާނޫނީ ފިޔަވަޅު އަޅުއްވާނެ ކަމަށް ޔަޤީން ކުރައްވާ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޤައުމީ ދުވަސް ފާހަގަކުރަން މިރޭ އެ ޕާޓިގެ މައި މަރުކަޒުގައި ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ޤާނޫނު އަސާސީ ތަންފީޒުކުރަން ފަސްޖެހިވަޑައި ނުގަންނަވާނެ ކަމަށެވެ. އެހެންކަމުން ޤާނޫނު ތަންފީޒުކުރައްވަން ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ފަސްޖެހިވަޑައިގަންނަވާނެ ކަމަށް ކުރާ ތުހުމަތުތައް އެމަނިކުފާނު ޤަބޫލުފުޅު ނުކުރައްވާ ކަމަށެވެ. 

ޤާސިމް އިބްރާހީމް މިރޭ ވެސް ވަނީ އެމްޑީއެންގެ ރިޕޯޓް ވަރަށް ބޮޑަށް ކުށްވެރިކުރައްވައިފައެވެ. އެހެންކަމާއިއެކުވެސް މައްސަލަ ޙައްލުކުރުމުގައި ޞުލްޙަވެރިކަން އިސްކުރުމަށްވެސް ވަނީ އިލްތިމާސް ކުރައްވައިފައެވެ. 

ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވެފައިވާއިރު ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ވެސް ވަނީ މައްސަލައިގެ ފުރިހަމަ ތަޙްޤީޤެއް ހިންގަވައި އެޅުއްވެން ހުރި ޤާނޫނީ ފިޔަވަޅުތައް އަޅުއްވަވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވަވައިފައެވެ. އަދި އެމަނިކުފާނު ވަނީ އެކަމުގެ ޔަޤީންކަން ދީނީ ޢިލްމުވެރިންނަށްވެސް ދެއްވަވައިފައެވެ.

 

މިއަދު އޮންލައިން