ސްޕްރީމް ކޯޓުގެ ބެންޗް ހަމަކުރަން ޖެހޭ!: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 41ސ
ސްޕްރީމް ކޯޓުގެ ބެންޗް ހަމަކުރަން ޖެހޭ!: ޤާސިމް އިބްރާހީމް

ދިވެހިރާއްޖޭގެ ސްޕްރީމް ކޯޓުގެ ބެންޗް ހަމަ ކުރަން ޖެހޭ ކަމަށާއި އެއީ ވީހައި އަވަހަކަށް ކުރަން ޖެހޭ ކަމެއް ކަމަށް ޖޭޕީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ.

 

މަޖިލީހުގައި މިއަދު ޤާސިމް އިބްރާހީމް ވިދާޅުވީ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ބެންޗް ހަމަކުރުމަކީ ްާނޫނު އަސާސީން ލާޒިމް ކުރާ ކަމެއް ކަމަށާއި ސަބަބަކީ ބައެއް މައްސަލަތަކަކީ ފުލްބެންޗް އޮވެގެން ނިންމަން ޖެހޭނެ މައްސަލަތަކަށް ވާތީ ކަމަށެވެ. ވީމާ ސްޕްރީމް ކޯޓުން އުނިކުރި ފަނޑިޔާރުގެ ބަދަލުގައި ވީހައި އަވަހަކަށް ފަނޑިޔާރަކަށް މަޖިލީހުން ރުހުން ދޭން ޖެހޭނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވިދާޅުވީ ޖޫޑިޝަރީ ކޮމިޓީން ނިންމި ރިޕޯޓަށް ވޯތަށް އަހައި 2 ނަމުން ކުރެ އެއް ނަން ވީހައި އަވަހަކަށް ފާސްކުރަން އެދިވަޑައިގަންނަވާ ކަމަށެވެ.

މިއަދު އޮންލައިން