ސްޓެލްކޯގެ ހިދުމަތް ރަނގަޅު ކުރަން ކުރާ މަސައްކަތްތަކުގެ ދަށުން ހާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކާއި އިސް ރަށްވެހިންނާއި ކުޑަކުދިން ގޮވައިގެންދާ އަންހެނުންނަށް ހިދުމަތް ދިނުމަށް ހާއްސަ ކައުންޓަރެއް ބަހައްޓައިފިއެވެ.
މިހާއްސަ ކައުންޓަރު މިއަދު ހުޅުއްވައި ދެއްވީ ރައްޔިތުން މަޖިލީހުގެ ހިންނަވަރު ދާއިރާގެ މެންބަރު ޖީހާން މަހުމޫދެވެ.
މި ކައުންޓަރު ހުޅުވުމަށް މިއަދު ބޭއްވި ރަސްމިއްޔާތުގައި ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރު އަހުމަދު މުޣުނީ ވިދާޅުވީ މި ކައުންޓަރަކީ އިސް ރައްވެހިންނާއި ހާއްސަ އެހީ އަށް ބޭނުންވާ މީހުން އަދި ކުދިން ގޮވައިގެން އަންނަ އަންހެނުންނަށް ވެސް ފަސޭހަ ކަމާއެކު ހިދުމަތް ލިބޭނެ ކައުންޓަރެއް ކަމަށާއި ވިޔަފާރި ފުޅާވެގެން ދާއިރު ހިދުމަތް ހޯދަން ދާ ކަސްޓަމަރުންނަށް ފުރިހަމަ ހިދުމަތް ލިބެން ޖެހޭ ކަމަށެވެ.
ސްޓެލްކޯގެ ހިދުމަތް ރަނގަޅު ކުރުމުގެ ގޮތުން މިހަފުތާގައި ވާނީ ޓްރެއިން ޕްރޮގްރާމެއް ވެސް ހިންގާފައެވެ.
ސްޓެލްކޯގައި ޕްރިއޮރިޓީ ކައުންޓަރެއްގެ ޚިދުމަތްދޭންފަށައިފި #ސްޓެލްކޯގެޚިދުމަތްރައްޔިތުންނާއިގާތުުން @HMughnee @JeehanJMS pic.twitter.com/aS4xqXnPj7
— STELCO (@STELCOMALDIVES) October 30, 2019