މަކިޓާ ހެއްޔާ ޕްރޮމޯޝަންއާއި ގުޅުވައިގެން އެއް މަސް ދުވަހުގެ މުއްދަތަށް ކުރިއައް ގެންދިއަ މުބާރާތުގެ އެއްވަނަ ޙާޞިލުކުރި އަހުމަދު ސަލީމް(މާޒް ސަލީމް)އަށް އިނާމު ހަވާލުކޮށްފިއެވެ. އެއްވަނައަށް ހޮވުނު ފަރާތަށްވަނީ އިނާމުގެ ގޮތުގައި މަކިޓާގެ އެންމެ ފަހުގެ އުފެއްދުންތަކުގެ ތެރެއިން ބައިލައްކަ ރުފިޔާގެ ތަކެތި ދީފައެވެ.

މުޅި ރާއްޖެއަށް ހުޅުވާލައިގެން ކުރިޔަށްގެންދިއަ މި މުބާރަތުގެ ވަނަ ހޮވާފައިވަނީ ޖަޖުންގެ 50 އިންސައްތަ އަދި އާމުންގެ ފޭސްބުކް ލައިކްއަށް ބެލުމަށްފަހު އާއްމުންގެ %50 ސައްތަ ލިބިގެންނެވެ. މި މުބާރާތުގެ ޖަޖުންގެ ގޮތުގައި މަސައްކަތްކުރައްވާފައިވަނީ މިނިސްޓްރީ އޮފް އާޓްސްކަލްޗަރ އެންޑް ހެރިޓޭޖްގެ ކަލްޗަރަލް ހެރިޓޭޖް މެނޭޖަރ އަހުމަދު ހާޝިމްއާއި ލަކުޑި ވަޑާމުގެ ފަންނުވެރިއެއްކަމަށްވާ އަހުމަދު ޝަފީއު މަހުމޫދުއެވެ.
އިތުރު އިނާމު ތަކާއެކު އަންނަ އަހަރުވެސް މި މުބާރާތް ބޭއްވުމަށް ނިންމާފައިވާކަމަށް އެސްޓީއޯއިން ބުނެއެވެ. މި މުބާރާތާއެކު ކުރިޔަށް ގެންދިޔަ މަކިޓާ ހެއްޔާ ޕްރޮމޯޝަންގައި 25 އިންސައްތައާ ހަމައަށް ކަސްޓަމަރުންނަސް ޑިސްކައުންޓް ދީފައިވެއެވެ.
މަކިޓާ ޕަވަޓޫލްސް ބޭނުން ކޮށްގެން ދިވެހިންގެ ފަންނުވެރިކަން ދައްކާލުމަށް ފުރުސަތު ލިބިގެން ދިއަ މި މުބާރާތުގެ އެއްވަނައަށް ގޮސްފައިވާ ފަރާތަށް އިނާމު ހަވާލުކުރުމަށް ބުދަ ދުވަހުގެ ރޭ އެސްޓީއޯ ޓްރެއިންނިގް ރޫމްގައި ބޭއްވި ރަސްމިއްޔާތުގައި މަކިޓާ ކުންފުނީގެ އިސް ބައެއް ވެރިންވެސް ބައިވެރިވެވަޑައިގެންފައިވެއެވެ.