ނަޞްރުގެ ދުވަހުގެ ހެޔޮ އެދުމާއި ތަހުނިޔާ ރާއްޖޭގެ ލޮބުވެތި ރައްޔިތުންނަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް އަރިސްކުރައްވައިފިއެވެ.
"3 ނޮވެމްބަރު 1988 ގެ ނަޞްރުގެމަތިން ހަނދުމަކޮށް ﷲ ތަޢާލާއަށް ޙަމްދުކުރަމެވެ. ދުވަހުގެ ތަހުނިޔާ އާއި ހެޔޮ އެދުންތައް އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންނަށް އަރިސްކުރަމެވެ. ދުވަހުގެ ޝަހީދުންނަށް ކީރިތި ﷲ، ހެޔޮ ޖަޒާ މިންވަރުކުރައްވަވާށި! ދިވެހި ބިން މިނިވަންކަންމަތީ އަބަދުމެ ލަހައްޓަވާށި! އާމީން."
ނޮވެމްބަރު 3 ވަނަ ދުވަހު ދިވެހިންނަށް ނަޞްރު ލިބުނު އެންމެ ބޮޑު ސަބަބަކީ ދިވެހިންގެ ސާބިތުކަމާއި ދިވެހި ސިފައިން އެދުވަހު ކުރި ވަރުގަދަ ޖިހާދެވެ. ޤާސިމް އިބްރާހީމް އެންމެ ފަހުން ކުރެއްވި ތަޤްރީރުގައިވެސް ވަނީ ޤައުމު ތިމާއަށް ކޮށްދެނީ ކޮންކަމެއްކަން ނުބަލައި އެމީހަކަށް ޤައުމަށް ކޮށްދެވެން އޮތް ކޮންމެ ކަމެއް އިޚްލާޞްތެރިކަމާއިއެކު ކޮށްދެމުން ގެންދިއުމަށް އިލްތިމާސްކުރައްވައިފައެވެ.
ރައްޔިތުންނަށާއި ޤައުމަށް ޚިދުމަތް ކުރެއްވުމުގައި ޤާސިމް އިބްރާހީމް އަބަދުވެސް ގެންދަވަނީ މުޅި ދިވެހި އުންމަތަށް ނަމޫނާ ދައްކަވަމުންކަން ފާހަގަކުރެވެއެވެ.
3 Nov 88 ge Nasruge Mathin Handhuma Koh Allah Ta’alaa Ah Hamdhu Kuran, Thaniyaa aai Heyo Edhun Thah Enmehaa Lobuvethi Dhivehi Raiyyithunnah Aris Kuran. Dhuvahuge Shaheedhunnah Keerithi Allah, Heyo Jazaa Minvvaru Kurahvaashi. Dhivehi Bin Minivan Kan Mathee Abadhume Lahattavaashi. pic.twitter.com/j9M096VzSS
— Qasim Ibrahim (@qasimibrahim) November 2, 2019