ޔަހޫދީ ބާޒުތައް މިއޮއް ގެންދަނީ 11 އަހަރުގެ ކުއްޖަކު ޖަހައިގަނެގެން! އދ އަށް އަނިޔާވެރިކަން ބޮޑީ ހަމަ ރާއްޖޭގަތަ؟

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 51ސ
ޔަހޫދީ ބާޒުތައް މިއޮއް ގެންދަނީ 11 އަހަރުގެ ކުއްޖަކު ޖަހައިގަނެގެން! އދ އަށް އަނިޔާވެރިކަން ބޮޑީ ހަމަ ރާއްޖޭގަތަ؟

ޚަބަރުގައިވާ ފެނިވަޑައިގަންނަވާނީ ހައްދުފަހަނައަޅާފައި ތިބި ޔަހޫދީ ސިފައިން އުމުރުން އެންމެ 11 އަހަރުގެ ކުއްޖަކު ޖަހައިގަނެގެން ގެންދާ މަންޒަރެވެ. މިއީ ކޮންމެ ދުވަހަކުވެސް ފަލަސްޠީނުގައި ތަކުރާރުވަމުންދާ ކަންކަމެވެ. 

އދގެ އެތައް ސަތޭކަ ޤަރާރުތަކާއި ދެކޮޅަށް ހައްދުފަހަނައަޅާފައިވާ ޔަހޫދީން ހިންގާ މިފަދަ އެއްވެސް ކަމަކަށް އެއްވެސް ފިޔަވަޅެއް އެޅޭ ކަމަށް ނުވި ނަމަވެސް ރާއްޖޭގައި މާ ހަރުކަށި ބައަކު އުޅޭތީ އދ އުޅެނީ ލޮލު ފިޔަ ނުޖެހިގެންނެވެ. 

މަޑުމައިތިރި ޚުލްޤް ރަނގަޅު، އޯގާތެރި ދިރިއުޅުމެއް އުޅެން ދިވެހިންނަށް ދަސްކޮށްދޭން އދ އިން ގެންދަނީ ވަރަށް ގިނަ މަސައްކަތްކުރަމުންނެވެ. ރާއްޖޭގައި ކިތަންމެ މީސްކޮޅު މަދު ނަމަވެސް އަދި ދިވެހިންގެ ދީނަކީ އިސްލާމް ދީން ނަމަވެސް އދ ފަދަ ޖަމާޢަތްތަކުން ކުރާ މިފަދަ މަސައްކަތްތައް ހަމަހަމަކަމާއިއެކު ކުރާނަމަ ބަލައިގަންނަން ތަންކޮޅެއް ފަސޭހަވާނެ ކަމަށް ގިން ބައަކު ދަނީ ބުނަމުންނެވެ. 

https://twitter.com/i/status/1191403561969688577

މިއަދު އޮންލައިން