ރާއްޖެ އިސްތިހާރު ކުރުމަށް ފްރާންސްގެ ނޫސްވެރިންގެ ޓީމެއް!

ކިޔުމަށް ހޭދަވާނީ 58ސ
ރާއްޖެ އިސްތިހާރު ކުރުމަށް ފްރާންސްގެ ނޫސްވެރިންގެ ޓީމެއް!

ރާއްޖެ އިޝްތިހާރު ކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން (އެމްއެމްޕީއާރުސީން) ދައުވަތު ދީގެން މިފަހަރު ފްރާންސްގެ ނޫސްވެރިންގެ ޓީމެއް ގެނެސްފި އެވެ.

އެނގިފައިވާ ގޮތުގައި މިމަހުގެ 16 ވަނަ ދުވަހާ ހަމަ އަށް މި ޓީމް ރާއްޖޭގައި ޗުއްޓީ ހޭދަކުރާނެ އެވެ. އަދި މި ޓީމު ތިބުމަށް ހަމަޖެހިފައިވަނީ ވެލައްސަރު، ހުވަފެންފުށި، ޔޮޓް މޯލްޑިވްސް އަދި ކަނޑިންމަ ރިސޯޓުގަ އެވެ.

ފްރާންސްގެ ނޫސްވެރިންގެ ޓީމުގައި ނީސް މާޓިން އާއި ޕެރިސްމެޗާއި ޓައިމްއައުޓްގެ އިތުރުން އެލް އޮފިޝަލް އަދި މޭރީ ފްރާންސަށް ލިޔާ ތަޖުރިބާކާރު ނޫސްވެރިން ހިމެނެ އެވެ. މި ނޫސްވެރިން ރާއްޖޭގައި ހޭދަކުރާ ދުވަސްތަކުގައި ކަނޑު އަޑީގެ މަންޒަރުތަކާއި ރާއްޖޭގެ ސަގާފަތާއި ސްޕާ އަދި ޔޯގާ ފަދަ ހަރަކާތަތްކުގެ ތަޖުރިބާ ކުރުމަށް ފަހު އެ ތަޖުރިބާތަކާ ގޫޅޭގޮތުން ވަރަށް ޚާއްސަ ރިޕޯޓެއް ލިޔުމަށް ހަމަޖެހިފައިވެއެވެ.

އެމްއެމްޕީއާރްސީން ބުނީ މިކަމުގެ ސަބަބުން ފްރާންސްގައި ރާއްޖެ އިތުރަށް އިޝްތިހާރު ވާނެ ކަމަށެވެ.

މިއަދު އޮންލައިން