މާބިންހުރާ މައްސަލައިގަ އަދީބަށް ކުރި ދައުވާ، ޕީޖީން އަނބުރާ ގެންގޮސްފި!

ކިޔުމަށް ހޭދަވާނީ 51ސ
މާބިންހުރާ މައްސަލައިގަ އަދީބަށް ކުރި ދައުވާ، ޕީޖީން އަނބުރާ ގެންގޮސްފި!

ޅ. މާބިންހުރާ މައްސަލައިގައި ކުރީގެ ނައިބު ރައީސް އަހުމަދު އަދީބުގެ މައްޗަށް ކުރި ދައުވާ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންދިޔުމުގެ ސަބަބުން، އެމައްސަލަ ސުޕްރީމް ކޯޓުން މިއަދު ބާތިލްކޮށްފި އެވެ.

މިކަމާއި ގުޅޭގޮތުން ސުޕްރީމް ކޯޓުން ބުނެފައިވަނީ، ހައި ކޯޓުގެ ނިންމުން ޝަރުއީ އަދި ގާނޫނީ ހަމަތަކާ ހިލާފުކަމަށް ބުނެ ހުށަހެޅި އިސްތިއުނާފުގެ މައްސަލަ، ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީހުން އަނބުރާ ގެންދަން ނިންމާފައިވާތީ އެ މައްސަލަ އިތުރަށް ކުރިއަށްގެންދާނެ ތަނެއް ނެތް ކަމަށް ކަނޑައަޅައި ދައުވާ ފޯމު ބާތިލްކޮށްފައިވާ ކަމަށެވެ.

ޕީޖީން އަނބުރާ ގެންދެވި މައްސަލައަކީ ޅ. މާބިންހުރާ ކުރެއްދޫ ހޯލްޑިންގްސްއަށް ކުއްޔަށް ދީގެން ދައުލަތަށް ލިބެން ޖެހޭ އެކުއިޒިޝަން ކޮސްޓްގެ ފަސް މިލިއަން ޑޮލަރަށް އަދީބު ހިޔާނާތްތެރިވި މައްސަލައިގައި 2016 ވަނަ ކްރިމިނަލް ކޯޓުން އިއްވާފައިވާ އަށް އަހަރުގެ ޖަލު ހުކުމުގެ އިސްތިއުނާފު މައްސަލައެވެ.

މިއަދު އޮންލައިން