ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގަ ކުރަން މެންބަރުން ހުށަހަޅާފައިވާ ކަމެއް އެމެރިކާގެ ސްކޫލެއްގަ ޖަނަވަރީ މަހު ކުރަން ފަށަނީ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 46ސ
ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގަ ކުރަން މެންބަރުން ހުށަހަޅާފައިވާ ކަމެއް އެމެރިކާގެ ސްކޫލެއްގަ ޖަނަވަރީ މަހު ކުރަން ފަށަނީ!

ރާއްޖޭގެ ރައްޔިތުންގެ މަޖިލީހުގައި ކުރަން މަޖިލީހުގެ ބައެއް މެންބަރުން މަޖިލީހުގެ ރިޔާސަތަށް ހުށަހަޅާފައިވާ ކަމެއް އެމެރިކާގެ ސްކޫލަކުން އަންނަ ޖަނަވަރީ މަހު ކުރަން ފަށަން ނިންމައިފައެވެ. 

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ހުށަހަޅާފައިވަނީ މަޖިލީހަށް މެންބަރުން ވަނުމުގެ ކުރިން ޑްރަގް ޓެސްޓް ކުރުމަށެވެ. އޯހިއޯގގައި ހިންގާ ކެތޮލިކް ސްކޫލެއް ކަމަށްވާ ސްޓީފަން ޓީ.ބަޑިން ހައި ސްކޫލުން ނިންމާފައިވަނީ ސްކޫލަށް ދާ ހުރިހާ ދަރިވަރުން ޑްރަގް ޓެސްޓް ކުރުމަށެވެ. ޝައްކު ކުރެވޭ ކުދިން ގިނައިން ގިނައިން ޓެސްޓް ކުރުމަށާއި ކޮންމެ ދަރިވަރަކުވެސް މަދުވެގެން އަހަރަކު 1 ފަހަރު ޓެސްޓްކުރުމަށެވެ. 

ސްކޫލުން ބުނީ ޕޮޒިޓިވްވެއްޖެ ނަމަ އެކަން ކުއްޖާއަށާއި ބެލެނިވެރިންނަށް އަންގާނެ ކަމަށެވެ. އަދި ޓެސްޓްކުރަން ސާމްޕަލް ނުދީފިނަމަ ބަލާނީ އެކުއްޖަކު ޕޮޒިޓިވްވީ ކަމަށް ކަމަށެވެ.

މިއަދު އޮންލައިން