ކުރިއަރަމުން އަންނަ ސިނާއަތްތަކަށް ބޭނުންވާ ޢިލްމާ ތަޖުރިބާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލުމަށް ޤާސިމް އިބްރާހީމް އެދިވަޑައިގެންފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 9ސ
ކުރިއަރަމުން އަންނަ ސިނާއަތްތަކަށް ބޭނުންވާ ޢިލްމާ ތަޖުރިބާ ހޯދުމުގެ މަސައްކަތް ހުއްޓާ ނުލުމަށް ޤާސިމް އިބްރާހީމް އެދިވަޑައިގެންފި

ދުނިޔޭގެ ސިނާއަތްތައް އަންނަނީ ދުވަހުން ދުވަހަށް ކުރިއަރަމުން ކަމަށާއި ކުރިއަރަމުން އަންނަ ސިނާއަތްތަކަށް ބޭނުންވާ ޢިލްމާ ތަޖުރިބާ ހޯދުމުގެ މަސައްކަތް ހުއްޓައި ނުލުމަށް ވިލާ ކޮލެޖުގެ ބާނީ ޤާސިމް އިބްރާހީމް އެދިވަޑައިގެންފި އެވެ. 

ޤާސިމް އިބްރާހީމް މިކަމަސް އެދިވަޑައިގަތީ ދަރުބާރުގޭގައި މިއަދު ބޭއްވި ޔުނިވަރސިޓީ އޮފް ދަ ވެސްޓް އޮފް އިންގްލެންޑް އާއި ވިލާ ކޮލެޖް ގުޅިގެންހިންގާ ކޯސްތަކުގެ ތިންވަނަ ގްރެޖުއޭޝަން ހަފްލާގައި ވާހަކަފުޅު ދައްކަވަމުންނެވެ. 

"ދުނިޔޭގެ ޙަތާތުން ހޭދަވާ ކޮންމެ ދުވަހަކީ އައުކަންތައްތަކަކާއި އައި މައްސަލަތަކެއް އުފެދެމުންދާ ދުވަހެކެވެ. އެމައްސލަތައް ޙައްލުކުރުމަށްޓަކައި ކުރިން އަމަލުކުރަމުން އައި ގޮތް އެއީ އެންމެ ރަނގަޅު ގޮތް ކަމަށް މިހާރު ބެލެން ނެތް ކަމަށެވެ. "މިއަދަކީ އައު ދުވަހެއް. މާދަމާ ވެގެންދާނީ މާ ތަފާތު އާ ދުވަހަކަށް. އާ ހާލަތުގައި އުފެދޭ އާ މައްސަލަތަކަށް ހައްލު ހޯދައިދޭން ތިބޭނީ ތިއަ ކުދިން. ވީމާ މިހާރު ލިބިފައި ހުރި ޢިލްމާއި ހުނަރުން ފުއްދައިލެވޭކަށް ނެތްކަން ތިއައިން ކޮންމެ ދަރިވރަކުވެސް ޤަބޫލުކުރާނެކަން ޔަޤީން." 

ޤާސިމް އިބްރާހީމް ވިދާޅުވީ ސިނާއަތްތައް ދަނީ ކުރިއަރަމުން ކަމަށާއި އިތުރު ކުރިއެރުން ހޯދަން މަސައްކަތްކުރަމުން ކަމަށެވެ. އެހެންކަމުން ދަރިވަރުންވެސް އިތުރަށް އުނގެނުމާއި އިތުރު ތަޖުރިބާ ހޯދުން ހުއްޓާލައިގެން ވާންނެތް ކަމަށެވެ. އަދި 21 ވަނަ ޤަރުނަށް ކުރިމަތިލުމުގައި ތައްޔާރުވާން ޖެހޭ ކަންތައްތަކެއް އެބަހުރި ކަމަށެވެ. "މަސައްކަތުގެ އަޚްލާޤަށް އިސްކަންދޭ މީހަކަށްވުމަށް، އަނެކުންނަށް އިޙްތިރާމްކުރާ، އަގު ވަޒަންކުރާ މީހަކަށް ވުމަށް، ގިނަ ރޮނގުތަކުން ދުރަށް ވިސްނައިގެން ގޮތް ނިންމާ، މަސައްކަތްތަކުގަ ތެދުވެރި އަދި ހީވާގި މީހަކަށްވުމަށް، ތިމާގެ ކާމިޔާބާ ކުރިއެރުން ބޮޑުވާނީ ގުޅިގެން މަސައްކަތްކުރާ މީހަކަށް ވެގެންކަމަށް" 

ޤާސިމް އިބްރާހީމް ވިދާޅުވީ ތަޢްލީމް ޙާޞިލުކުރުމުގެ މަރުޙަލާގައި ކޮންމެ ދަރިވަރަކުވެސް ވަރަށް ބުރަކޮށް މަސައްކަތްކުރަމުން އަންނަ ކަމަށާއި އެމަށްއަކަތް ކުރަނީ ދަރިވަރާއި ޢާއިލާއާއި ޤައުމާއި އަދި ރަށަށްވެސް ކުރިއެރުމާއި ތަނަވަސްކަމާއި އުފާ ފާގަތިކަން ހޯދައި ދިނުމަށްޓަކައި ކަމަށެވެ. އެހެންކަމުން އުނގެނުމާއި އިތުރު ތަޖުރިބާ ހޯދުމުގެ މަސައްކަތް އަބަދުވެސް ކުރަމުން ގެންދަން ޖެހޭނެ ކަމަށެވެ. 

ޤާސިމް އިބްރާހީމް އަކީ އެންމެ ގިނަ އަދަދެއްގެ ދަރިވަރުންނަށް މަތީ ތައުލީމު ހޯއްދަވައިދެއްވި ދިވެހި ދަރިއެވެ. އެމަނިކުފާނު ވަނީ މިހައިތަނަށް ބެލި ނަމަވެސް 7000 އަށްވުރެ ގިނަ ގިނަ ދަރިވަރުންނަށް އެމަނިކުފާނުގެ އަމިއްލަފުޅު ޚަރަދުގައި މަތީ ތަޢްލީމް ޙާޞިލުކޮށްދެއްވައިފައެވެ. 

މިއަދު އޮންލައިން