ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ)ގެ އިޔަރ އެންޑް ސޭލް ބޮޑެތި އިނާމުތަކާއިއެކު މިއަހަރުވެސް ފަށައިފިއެވެ.
އެސްޓީއޯގެ ހުރިހާ ފިހާރަތަކެއް ހިމެނޭގޮތަށް ކުރިއަށްގެންދާ މި ސޭލް އިފްތިތާހުކޮށްދެއްވީ އެސްޓީއޯގެ ރިސްކް ޑިޕާޓްމަންޓްގެ ޖެނެރަލް މެނޭޖަރ މުހައްމަދު މުރާދުއެވެ.
ނޮވެމްބަރު މިއަދުން ފެށިގެން ޑިސެމްބަރުމަހުގެ 31 ގެ ނިޔަލަށް ކުރިއަށްގެންދާ މި ސޭލްގައި 50 އިންސައްތައާ ހަމައަށް ޑިސްކައުންޓް ލިބުމުގެ އިތުރުން ބޮޑެތި އިނާމުތަކެއް ލިބުމުގެ ފުރުސަތު ލިބެއެވެ.
އެސްޓީއޯއިން ކޮންމެ އަހަރަކުވެސް ކުރިއަށްގެންދާ މި ސޭލްގައި އެއްވަނަ އިނާމަކަށް މި އަހަރު ހުށަހަޅާފައިވަނީ ދެ މީހަކަށް ހުރުމާއިއެކު ޗެއްނާއީ ދެކޮޅު ޓިކެޓެވެ. ދެވަނަ އިނާމަކަށް ފުވައްމުލަކު ދެކޮޅު ޓިކެޓް ދެ މީހަކަށް ހުރުމާއެކު ލިބިގެންދާއިރު ތިންވަނަ އިނާމަކީ އައިފޯން 11އެކެވެ.
މި އަހަރުގެ އިޔަރ އެންޑް ސޭލްގެ ޕާޓްނަރަކީ މޯލްޑީވިއަންއެވެ.