މޯލްޑިވްސް ބިޒްނަސް އެވޯޑުގެ ޓައިޓްލް ސްޕޮންސަރަކަށް މި އަހަރުވެސް އެސްޓީއޯ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 54ސ
މޯލްޑިވްސް ބިޒްނަސް އެވޯޑުގެ ޓައިޓްލް ސްޕޮންސަރަކަށް މި އަހަރުވެސް އެސްޓީއޯ!

މޯލްޑިވްސް ބިޒްނަސް އެވޯޑް2019 ގެ ޓައިޓްލް ސްޕޮންސަރަކަށް ވުމަށް ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން(އެސްޓީއޯ)އާއި އެވޯޑް އިންތިޒާމްކުރާ ބްލޭޒަން އިންކް ޕްރައިވެޓް ލިމިޓެޑާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.

އަންގާރަ ދުވަހު އެސްޓީއޯ ހެޑް އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި އެސްޓީއޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެގްޒެކްޓިވް ސެކްރެޓަރީ މަރިޔަމް ޕަރްވީން އަބްދުލް ފައްތާހުއެވެ.

ބްލޭޒަންގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޗީފް އެގްޒެކްޓިވް އޮފިސަރ ހަސަން އަބްދުﷲ ހިލްމީއެވެ.

މިއީ އެސްޓީއޯއިން މި އެވޯޑްގެ ޓައިޓްލް ސްޕޮންސަރަކަށްވާ ދެވަނަ އަހަރެވެ. 

މިދިއަ އަހަރު ބޭއްވި މޯލްޑިވްސް ބިޒްނަސް އެވޯޑު 2018ގެ އެންމެ ކާމިޔާބު ކުންފުންޏަކީ އެސްޓީއޯގެ ސަބްސިޑިއަރީ ކުންފުނި އެލައިޑް އިންޝުއަރަންސް އެވެ.

 

 

 

މިއަދު އޮންލައިން