ވޯލްޑްކަޕް ކޮލިފައިންގައި ރާއްޖޭގެ ޤައުމީ ޓީމް ޤުއާމްގައި ގުއާމް އާއި ވާދަކުރި މެޗް 3-1 އުން ރާއްޖެ ކާމިޔާބުކޮށްފިއެވެ.
ރާއްޖޭގެ ޓީމުން ޖެހި ފުރަތަމަ ލަނޑު ޖަހާފައިވަނީ ޢަލީ ޢަޝްފާޤް ނަގައިދިން ކޯނަރަކުން ސަމޫހް ޢަލީ އެވެ. ދެވަނަ ލަނޑަކީ ގުއާމުން ބައިކޮޅަށް ޖެހި ލަނޑެކެވެ. 3 ވަނަަ ލަނޑު ޖަހައިދިނީ ޢަލީ އަޝްފާޤް އެވެ.
މިއަދުގެ މެޗްގައި ދިވެހި ޓީމުން ވަނީ ރަނގަޅު ކުޅުމެއް ކުޅެފައިކަން ފާހަގަކުރެވެއެވެ.