ކަލާސް އެވޯޑްގެ މިނިސްޓަރުގެ ޚާއްސަ އެވޯޑް ދީމާ އަލީ އަަށް

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 1މ 48ސ
ކަލާސް އެވޯޑްގެ މިނިސްޓަރުގެ ޚާއްސަ އެވޯޑް ދީމާ އަލީ އަަށް

ކުޅިވަރުތަކުން ހޯދާފައިވާ ރަންވަނަތައް ޤައުމީ ފެންވަރެއްގައި ފާހަގަކުރުމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ތަޢާރަފުކޮށްފައިވާ "ކަލާސް އެވޯޑް"ގެ މިނިސްޓަރުގެ ހާއްސަ އެވޯޑް ދީމާ އަލީ އަަށް ލިބިއްޖެ އެވެ.

ހުޅުމާލޭ ހުރަވީ ސްކޫލް ގައި ރޭ ބޭއްވި ރަސްމިއްޔާތުގައި، މިފަހަރު މުޅިން އަލަށް ހޮވި އެޑިއުކޭޝަން މިނިސްޓަރުގެ އެވޯޑް ހާސިލްކޮށްފައި ވަނީ ސްރީ ލަންކާގައި ކިޔަވަމުން އަންނަ ޓީޓީ ތަރި ފާތިމަތު ދީމާ އަލީ އެވެ.

މިއެވޯޑް ޚާއްސަ ކޮށްފައި ވަނީ، ރާއްޖޭގައި ކިޔެވުން ކުރިއަށް ނުގެންދިޔަ ކަމަށް ވިޔަސް ގައުމަށް ރީތި ނަން ހޯދައިދޭ، ސްކޫލެއްގައި ކިޔަވާ އުމުރުގެ ދަރިވަރަކަށެވެ. އުމުރުން 11 އަހަރުގެ ދީމާ ކިޔަވަމުން އަންނަނީ ސްރީ ލަންކާގަ އެވެ.

ދީމާ ވަނީ މިދިޔަ ޖުލައި މަހު މޮރިޝަސްގައި ބޭއްވި އިންޑިއަން އޯޝަން އައިލެންޑް ގޭމްސް (އައިއޯއައިޖީ) ގައި ތިން ރަން މެޑަލް ހޯދައި އެ މުބާރާތުގައި އެންމެ ގިނަ ރަން މެޑަލް ހޯދި އެތްލީޓްގެ ޝަރަފު ހޯދައިފަ އެވެ. 

މީގެއިތުރުން "ކަލާސް އެވޯޑް"ގެ އައުޓްސްޓޭންޑިންގް ދަރިވަރުންނަށް ހޮވުނީ އެތުލެޓިކްސްއިން ރާއްޖެއަށް ރީތި ނަންތަކެއް ހޯދައިދީ، އައްޑޫ ހައި ސްކޫލުގައި ކިޔަވަމުން އަންނަ އިޝާތު ހިމްނާ ހަސަން އާއި އައިއޯއައިޖީގައި ބެޑްމިންޓަނުން ރާއްޖެއަށް މެޑަލް ހޯދައިދިން އިމާދުއްދީން ސްކޫލުގެ ދަރިވަރު ނިބާލް އަހްމަދުގެ އިތުރުން ޓީޓީއިން ރަން މެޑަލް ހޯދައިދިން އިސްކަންދަރު ސްކޫލުގެ އައިޝަތު ރަފާ ނާޒިމް އެވެ.

14 ކެޓަގަރީއަކުން ކަލާސް އެވޯޑު ދީފައިވާއިރު 224 ދަރިވަރުން ވަނީ ކަލާސް އެވޯޑް ހޯދައިފައެވެ. 

މިރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވާފައިވަނީ ސްޕޯޓްސް ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރު އަދި ރާއްޖޭގެ ކުރީގެ މަޝްހޫރު ކީޕަރު، ކޯޗު މައުރޫފް އަހުމަދު (މާއްޓޭ) އެވެ.

 

މިއަދު އޮންލައިން