ހުޅުމާލެ ލިންކްރޯޑުގެ ލައިޓުތައް ނިވިފައި ހުންނަ މައްސަލައަށް ހައްލެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން: އެޗްޑީސީން

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
ހުޅުމާލެ ލިންކްރޯޑުގެ ލައިޓުތައް ނިވިފައި ހުންނަ މައްސަލައަށް ހައްލެއް ހޯދުމަށް ދަނީ މަސައްކަތް ކުރަމުން: އެޗްޑީސީން

ހުޅުމާލެ ލިންކްރޯޑުގެ ލައިޓުތައް ނިވިފައި ހުންނަ މައްސަލައަށް ހައްލެއް ހޯދުމަށް މަސައްކަތް ކުރަމުންދާކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފި އެވެ.

ލައިޓުތައް ނިވިފައި ހުންނަތާ ގިނަ ދުވަސްތަކެއް ވެފައިވާތީ އާންމުން ދާނީ ސޯޝަލްމީޑިއާގައި ޝަކުވާވެސްކުރަމުންނެވެ. މިކަމާ ގުޅިގެން އެޗްޑީސީން ބުނެފައިވަނީ މަގުގެ ލައިޓުތައް ނިވިފައި ވަނީ ދިމާވި ޓެކްނިކަލް މައްސަލައެއް ސަބަބުން ކަމަށެވެ.

ދިމާވި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން އަލުން ލައިޓުތައް ނިވުމާއެކު، އެޗްޑީސީގެ ޓެކްނިކަލް ޓީމުން ކަމާއި ގުޅޭ އެހެން އިދާރާތަކާއެކު އެ މައްސަލަ ވީ އެންމެ އަވަހަށް ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް އެޗްޑީސީން ވަނީ ބުނެފައެވެ.

މިއަދު އޮންލައިން