ބުދެއް އެތެރެކުރި އަންހެނެއްގެ މައްޗަށް އުފުލި ދަޢުވާ، ޝަމީމް އަނބުރައި ގެނައި ކަމުގެ ޝަކުވާ އޭސީސީއަށް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 52ސ
ބުދެއް އެތެރެކުރި އަންހެނެއްގެ މައްޗަށް އުފުލި ދަޢުވާ، ޝަމީމް އަނބުރައި ގެނައި ކަމުގެ ޝަކުވާ އޭސީސީއަށް!

ރާއްޖެއަށް ބުދެއް އެތެރެކުރި އަންހެނެއްގެ މައްޗަށް އުފުލާފައި އޮތް ދައުވާ، ޑިޕިޔުޓީ ޕީޖީއަކަށް ހުންނަވައިގެން ޝަމީމް އަނބުރާ ގެންނެވި މައްސަލައެއް އޭސީސީ އަށް ހުށަހަޅައިފިއެވެ. 

އޭސީސީ ގެ މީޑިއާ އޮފިޝަލް މިއަދު ވިދާޅުވީ އެ މައްސަލަ އޭސީސީއަށް ލިބުނީ އިއްޔެ ކަމަށާއި މައްސަލަ ބެލުމާއިމެދު ވަކިގޮތެއް އަދިވެސް ނުނިންމާ ކަމަށެވެ. 

ބައެއް ނޫސްތަކުގައި ބުނެފައިވަނީ އެއީ ޝަމީމް ލޯބީގެ ގޮތުން ގުޅިގެން އުޅުނު އަންހެނެއްގެ މައްސަލަކަން އެނގިފައިވާ ކަމަށެވެ. 

އަޅުކަންކުރަން ބޭނުންކުރާ ބުދު ފަދަ ތަކެތި ރާއްޖެއަށް އެތެރެކުރުމަކީ މަނާ ކަމެކެވެ. އަދި އެކަންކުރި މީހެއްގެ މައްޗަށް ޖިނާޢީ ދައުވާވެސް އުފުލާކަމެކެވެ. އިންޑިއާއިން ބުދުތަކެއް ހިފައިގެން ރާއްޖެ އައި އިންޑިއާ ބައަކު ދާދިފަހުންވެސް ވަނީ އަތުލައިގަނެ އަނބުރާ ޤައުމަށް ފޮނުވާލައިފައެވެ. މިބާވަތުގެ ކުސްތައް ކުރާ ދިވެހިންގެ މައްޗަށް އަންނަނީ ދައުވާ އުފުލަމުންނެވެ.

މިކަމުގައި ޝަމީމްގެ ބަހެއް ހޯދަން ކުރި ކޯލަށް ޖަވާބު ނުދެއްވާތީ ފޯނުން ގުޅޭނެ ގޮތް ނުވެފައެވެ.

މިއަދު އޮންލައިން