ފިނި މުސުމުގަ ލާނެ ހެދުން އީރާނުގެ މަގުތަކުގަ ހިލޭ ބަހަނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 35ސ
ފިނި މުސުމުގަ ލާނެ ހެދުން އީރާނުގެ މަގުތަކުގަ ހިލޭ ބަހަނީ!

ފިނިމޫސުމުގައި ލާނެ ހެދުން ގަތުމަކީ އެންމެންނަށް ކުރަން އެހައި ފަސޭހަކަމެއް ނޫނެވެ. ގަނެވޭނެ ތަނަވަސްކަން ނެތް އެތައް ބައިވަރު ބައަކު އުޅެއެވެ. 

އެހެންކަމުން އީރާނުގެ ބައެއް މަގުތަކުގައި ހެދުންތައް ހުންނަނީ އަޅުވައިފައެވެ. ހެދުމެއް ބޭނުން ނަމަ އެމީހަކަށް ހެޔޮވަރު ހެދުމެއް ހިފައިގެން ދާންވީއެވެ. 

ޚަބަރުގައިވާ ފޮޓޯގައިވާ ފަދަ ފާރުތަކަށް ދީފައިވާ ނަމަކީ ހިތްހެޔޮކަމުގެ  ނުވތަ އެހީތެރިކަމުގެ ފާރުތަކެވެ. ކޮންމެ ޤައުމަކަށްވެސް މިފަދަ ފާރުތައް ބޭނުންވެއެވެ. 

އެހެން މީހަކަށް އެއްވެސް މިންވަރެއްގެ އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ފުރުޞަތު ލިބިފައިވާނަމަ އެއީ މަތިވެރި ނިޢްމަތެކެވެ. ޝުކުރުވެރިވުމުގެ ގޮތުން ޞަދަޤާތްކުރުން ގިނަކުރާށެވެ! ނިޢްމަތްތައް ދާނީ އިތުރުވަމުންނެވެ. އިން ޝާ ﷲ.

މިއަދު އޮންލައިން