އުމުރުން 6 އަހަރުގެ ޙާފިޛް ޔޫސުފް ބިން މާޒިން އަށް ޤާސިމް އިބްރާހީމް ހިތްވަރުދެއްވައިފި އެވެ.
ދިވެހި ދަރިންގެ ތަޢުލީމަށް އެންމެ ބޮޑު ހޭދައެއް ފަރުދީ ހައިޞިއްޔަތުން ކުރައްވާފައިވާ ވިލާ ފައުންޑޭޝަންގެ ބާނީ ޤާސިމް އިބްރާހީމް މިއަދު ހަވީރު ވަނީ ޔޫސުފް ބިން މާޒިން އާއި ބައްދަލުކުރައްވަން އެގެއަށް ވަޑައިގެން އޭނާގެ އިތުރުން އޭނާގެ މައިންބަފައިންނާއިވެސް ބައްދަލުކުރައްވައިފައެވެ.
މިބައްދަލު ކުރެއްވުމުގައި ތުއްތު ޔުސުފްއަށް ހިތްވަރު ދެއްވައި، އިސްލާމް ދީން އެންމެ ބޮޑަށް ބާރު އަޅާ އެއް ކަމަކީ ކީރިތި ގުރުއާން ކިޔެވުންކަން ފާހަގަކުރައްވައި އެ ފޮތް ހިތުދަސް ކުރަން ގަދައަޅައި މަސައްކަތްކުރަން ޖެހޭ ކަމަށް ވިދާޅުވެ ގާސިމް ވަނީ ގުރުއާން ކިޔެވުމުގައި ދެމިހުރުމަށް ޔޫސުފްގެ ކިބައިން އެދިވަޑައިގެން އެކަމަށް ހިތްވަރު ދެއްވައިފައެވެ. އަދި ކީރިތި ޤުރްއާން ހިތުދަސްކުރުމަށްވުރެ މޮޅު ވަނައެއް ނުލިބޭނެ ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
މިބައްދަލުކުރެއްވުމުގައި ގާސިމް އިބްރާހީމް ވަނީ ޔޫސުފް ބިން މާޒިން ކީރިތި ޤުރުއާން ހިތުދަސްކުރުމަށް މަސައްކަތްކުރި ގޮތުގެ މައުލޫމާތު އޮޅުން ފިލުއްވައިފައެވެ. "އޭނާގެ މަންމަ އާއި ބައްޕަ ޚާއްޞަކޮށް އޭނާގެ މަންމަ އެކުރި ބުރަ މަސައްކަތް އަޅުގަނޑު ފާހަގަކުރަން. އެއީ ހަަމ ކޮންމެ މީހަކުވެސް އުފަލުން ކަރުނަ އަޅާނެ ފަދަ މަސައްކަތްތަކެއް."
އެހައި ހަގު އުމުރުގައިވެސް ދަރިފުޅަށް ކީރިތި ޤުރްއާން ހިތުދަސްކޮށްދިނުމަށް ޔޫސުފް ބިން މާޒިންގެ މަންމަ އާއި ބައްޕަ ކުރި ބުރަ މަސައްކަތަށް ގާސިމް އިބްރާހީމް ވަނީ ތަޢްރީފްކުރައްވައި ޝުކުރު އަދާކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ގާސިމް ވިދާޅުވީ ވިދާޅުވީ ކޮންމެ ދިވެހި މުސްލިމް މަންމައަކާއި ބައްޕައަކު ކީރިތި ﷲ އަށް ދެ އަތް އުފުލައި ދުޢާކުރަންވީ ޔޫސުފް ފަދަ ތަރިއެއް މިންވަރު ކުރެއްވެވުން އެދި ކަމަށެވެ.
ކޮންމެ ދިވެއްސަކު ވެސް މަސައްކަތްކުރަން ޖެހޭނީ އިސްލާމީ ރިވެތި އުސޫލުތަކުގެ މަތީގައި ފައިތިލަ ސާބިތު ކުރެވޭތޯ ކަމަށްވެސް ޤާސިމް އިބްރާހީމް ވިދާޅުވިއެވެ.
އުދަރެހުން އަރައިގެންއައި އުމުރުން އެއްމެ 6 އަހަރުގެ އަލިގަދަ ތަރި. ما شاء الله ❤ pic.twitter.com/8yniamJU0u
— ᗰᝪᕼᗩᗰᗴᗞ ᗩᗞᕼᑌᕼᗩᗰ (@M_Adhuham) December 3, 2019