އާސަންދަ ލިބެން ޖެހޭ މީހުންނަށް ތަކްލީފް އުފުލަން ނުޖެހޭނެ ގޮތަށް ޚިދުމަތް ދޭން ޤާސިމް އިބްރާހީމް ގޮވާލައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 34ސ
އާސަންދަ ލިބެން ޖެހޭ މީހުންނަށް ތަކްލީފް އުފުލަން ނުޖެހޭނެ ގޮތަށް ޚިދުމަތް ދޭން ޤާސިމް އިބްރާހީމް ގޮވާލައްވައިފި

ދިވެހި ރައްޔިތުންގެ ތެރެއިން އާސަންދައިގެ ޚިދުމަތް ފޯރުކޮށްދޭން ޖެހޭ މީހުންނަށް އިތުރު ތަކްލީފްތަކަކާއި ނުލައި ޚިދުމަތް ލިބޭނެ ގޮތް ހަމަޖައްސަވައިދެއްވަން ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ގޮވާލައްވައިފިއެވެ. 

ޖުމްހޫރީ ޕާޓީ އާއި މެންބަރުން ގުޅުމަށް މިރޭ އެޕާޓީގެ މައި މަރުކަޒު މ. ކުނޫޒުގައި ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ 2 މީހަކަށް ދެކޮޅު ޓިކެޓާއި ވަކި އަދަދަކަށް ބޭސް ފަރުވާ ކުރެވޭނެ ގޮތަށް އާސަންދަ ދިނުމުން ނުފުދޭ ކަމަށެވެ. ބޭސްފަރުވާއަށް ގޮސް ތިބޭނެ ތަނަކާއި ކާންބޯން ޚަރަދުކުރާނެ ފައިސާވެސް ބޭނުންވާނެ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ އާސަންދަ ކުންފުންޏާއި އެންސްޕާއިން އެހީ ހޯދަން ޖެހުމަކީވެސް ރައްޔިތުންނަށް ތަކްލީފްތައް ކުރިމަތިވެ އަދި އޮޅުންވެސް އަރާ ކަމެއް ކަމަށެވެ. އެހެންކަމުން ޚިދުމަތް ދިނުމުގައި މިހާރަށްވުރެ ލުއި ފަސޭހަ ގޮތްތައް ހަމަޖައްސައިދޭން ޖެހިފައިވާ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ބަލިމީހުން ފުރަތަމަ އަންނަނީ މާލެއަށް ކަމަށާއި މާލެއިން އާސަންދައިގެދަށުން ބޭސްކުރެވުނު ނަމަވެސް މާލޭގައި ތިބެން ޖެހެނީ ބޮޑު އަގުގައި ތަންތަން ކުއްޔަށް ހިފއިގެން އަދި ކެއުން ބުއިމަށް ބޮޑެތި ޚަރަދުތައްވެސް ކޮށްގެން ކަމަށެވެ. އެހާލުގައި އުޅެފައި ރާއްޖެއިން ފަރުވާ ނުލިގެން ބޭރަށް ފުރަން ޖެހޭއިރު މީހުން ތިބެނީ އަތްމަތި ހުސްވެ ސަލާން ޖަހަން ޖެހޭ ޙާލަތުގައި ކަމަށެވެ. އެހެންކަމުން ޚަރަދުކުރާނެ އެއްވެސް ފައިސާއެއް އަތުގައި ނެތުމުން ދެން ޖެހެނީ ސަލާންޖަހަން ކަމަށާއި މިޙާލަތު ބަދަލުކޮށް ރައްޔިތުންނަށް ލުއިފަސޭހަ ގޮތްތަކެއް ހަަމަޖައްސައިދޭން ޖެހިފައިވާ ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ މިއަދުގެ ރައީސުލްޖުމްހޫރިއްޔާއަކީ މިކަންކަން ވަރަށް ރަނގަޅަށް އެނގިވަޑައިގަންނަވާނެ ބޭފުޅެއް ކަމަށާއި އެހެންކަމުން މިކަންކަން ރައްޔިތުންނަށް ލުއިފަސޭހަވާނެ ގޮތަކަށް ބަދަލުކޮށް ދެއްވަވާނެ ކަމަށް ޔަޤީންކުރައްވާ ކަމަށެވެ.

މިއަދު އޮންލައިން