ކައުންސިލްތަކުގެ ދައުރު 5 އަހަރަށް އިތުރުކުރަން 3 ފަހަރުމަތިން ހުށަހެޅި! ބަލައިނުގަތީ!: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ
ކައުންސިލްތަކުގެ ދައުރު 5 އަހަރަށް އިތުރުކުރަން 3 ފަހަރުމަތިން ހުށަހެޅި! ބަލައިނުގަތީ!: ޤާސިމް އިބްރާހީމް

ކައުންސިލްތކުގެ ދައުރު 3 އަހަރުން 5 އަހަރަށް ބަދަލުކުރަން ކުރިންވެސް 3 ފަހަރުމަތިން މަޖިލީހަށް ހުށަހެޅި ކަމަށާއި ނަމަވެސް މެންބަރުން އެކަން ބަލައި ނުގަތީ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖޭޕީ އާއި އިތުރު މެންބަރުން ގުޅުމަށް މިރޭ އެ ޕާޓީގެ މައި މަރުކަޒު، މ. ކުނޫޒުގައި ބޭއްވި ބައްދަލުވުމުގައި ޤާސިމް އިބްރާހީމް ވިދާޅުވީ އެމަނިކުފާނަށް ޔަޤީންކުރެއްވޭ ގޮތުގައި ކައުންސިލްތަކުގެ ދައުރު 3 އަހަރުން 5 އަހަރަށް އިތުރުކުރަން ކުޑަހުވަދޫ ދާއިރާގެ މެންބަރު އަހްމަދު ޢާމިރު 3 ފަހރެއްގެ މަތިން މަޖިލީހަށް ހުށަހެޅުއްވި ކަމަށެވެ. ނަމަވެސް އެކަން ފާސްނުވީ މިއަދު އެކަން ފާސްކުރަން ވޯޓުދިން ދާއިރާތަކުގެ އެއިރު ތިބި މެންބަރުން ވޯޓު ނުދިނުމުން ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ ފައިދާކުރާނެ ހެޔޮ ބަދަލުތައް އަބަދުވެސް ގެންނަން ޖެހޭނެ ކަމަށާއި އެކަމަށް މަރުޙަބާ ވިދާޅުވާ ކަމަށެވެ. ކުރިން ދެކޮޅު ހެދި ކަންކަމަށް މިއަދު ތާއީދުކޮށްފައި ކޮންމެ ކަމަކީ ތިމާމެން ކުރި ކަމަކަށް ހެދުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށެވެ. އަދި ކަންކަން އިޞްލާޙް ކުރެވޭނީ ކޮންމެ މެންބަރަކު ހުށަހެޅި ނަމަވެސް ޤަުމަށާއި ރައްޔިތުންނަށް ފައިދާކުރާނެ ކަންކަމަށް ތާއީދުކޮށްގެން ކަމަށެވެ.

މިއަދު އޮންލައިން