އެމްޓީސީސީ "ކަށަވަރު" ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.
މި ޕްރޮމޯޝަން ފައްޓަވައި ދެއްވީ އެ ކުންފުނީގެ މާކެޓިން އެންޑް ބިޒްނަސް ޑިވެލޮޕްމަންޓް ޑިޕާޓްމަންޓުގެ ޖެނެރަލް މެނޭޖަރު ޝިފާއު އަލީ އެވެ.
ކޭޝްކޮށް، ފައިސާ ދައްކާ ކަސްޓަމަރުންނަށް ހާއްސަކޮށްގެން ކުރިއަށް ގެންދާ މިޕްރޮމޯޝަންގައި ޔަންމާ 115 ހޯސްޕަވަރުގެ އިންޖީނާއި ސުޒުކީ އިންޖީނުގެ އިތުރުން ސުޒުކީ އަދި ޔަންމާ ސްޕެއާ ޕާޓްސްއާއި އިންޑަސްޓްރިއަލް ގޭހުން ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދެއެވެ.
އެމްޓީސީސީން ބުނެފައިވަނީ މި ޕްރޮމޯޝަންގައި ޑިސްކައުންޓް ލިބޭނީ އެއްފަހަރާ ފައިސާ ދައްކައިގެން މުދާ ގަންނަ ކަސްޓަމަރުންނަށް އެކަނިއެވެ.
މިޕްރޮމޯޝަން ކުރިއަށްދާނީ މިއަދު (ޑިސެމްބަރު 10) އިން ފެށިގެން ޖެނުއަރީ 10 ވަނަ ދުވަހާ ހަމައަށެވެ.