7 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 55ސ
7 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

7 ރަށެއްގެ ބަނދަރު ހެދުމުގެ މަސައްކަތް ޕްލޭނިންގް މިނިސްޓްރީން އެމްޓީސީސީއާއި ހަވާލުކޮށްފިއެވެ.

މިކަމާގުޅިގެން ޕްލޭނިންގް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި މިމަޝްރޫއުތަކުގެ ކޮންޓްރެކްޓުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަރ ޖެނެރަލް ފާތިމަތު ޝާނާ ފާރޫގުއެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއޯއޯ ޝާހިދު ހުސައިން މޫސާ އެވެ.

މިއެއްބަސްވުންތަކުގެ ދަށުން 5 ރަށެއްގެ ބަނދަރު އަޕްގްރޭޑް ކުރުމާއި 2 ރަށެއްގެ ބަނދަރު އަލަށް ހެދުމަށް ވަނީ ހަމަޖެހިފައެވެ.

ބަނދަރު އަޕްގްރޭޑް ކުރާ ރަށްތަކަކީ ށ. ޅައިމަގު: 56.3 މިލިއަން ރުފިޔާ (މުއްދަތު: 480 ދުވަސް، ރ. ރަސްމާދޫ: 19 މިލިއަން ރުފިޔާ (މުއްދަތު: 365 ދުވަސް)، ށ. ބިލެތްފަހި: 31.6 މިލިއަން ރުފިޔާ (މުއްދަތު: 365 ދުވަސް)، ފ. ދަރަނބޫދޫ: 38.2 މިލިއަން ރުފިޔާ (މުއްދަތު: 397 ދުވަސް) އަދި ދ. ހުޅުދެލި: 39.8 މިލިއަން ރުފިޔާ (މުއްދަތު: 362 ދުވަސް) އެވެ.

އަލަށް ބަނދަރު ހަދާ ދެރަށަކީ ނ. ލަންދޫ (35.6 މިލިއަން ރުފިޔާ) އާއި އދ. މަންދޫ (37.3 މިލިއަން ރުފިޔާ) އެވެ.

މިއަދު އޮންލައިން