އެތަކެއް މުސްލިމުންގެ ނަޒަރުން ވެއްޓިފައިވާ މޯދީ، ސިޑިއަކުން ވެއްޓިއްޖެ!

ކިޔުމަށް ހޭދަވާނީ 38ސ
އެތަކެއް މުސްލިމުންގެ ނަޒަރުން ވެއްޓިފައިވާ މޯދީ، ސިޑިއަކުން ވެއްޓިއްޖެ!

އެތަކެއް މުސްލިމުންގެ ނަޒަރުން ވެއްޓިފައިވާ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ، މިއަދު ސިޑިއަކުން ވެއްޓި ވަޑައިގެންފިއެވެ.

ކާންޕޫރްގައި، ގަންގާ ކޯރުގެ ސާފުޠާހިރުކަން ބައްލަވާލެއްވުމަށް ވަޑައިގެން އުޅުއްވަނިކޮށް ސިޑިމަތިން ކައްސާލައިގެން މޯދީ ވެއްޓި ވަޑައިގެންފައި ވަނީ މިއަދުގެ ވަގުތެއްގައެވެ.

އުމުރުން 69 އަހަރުގެ ބޮޑު ވަޒީރު މޯދީ ވެއްޓިވަޑައި ގަތުމާއެކު އޭނާގެ ބޮޑީގާޑުން ވަނީ އޭނާ ނަންގަވާފައެވެ.

މިހާދިސާގައި މޯދީ އަށް އެއްވެސް އަނިޔާއެއް ލިބިފައިވާ ކަމެއް އިންޑިއާ ސަރުކާރުންވެސް އަދި ނޫހަކުން ވެސް ރިޕޯޓު ކޮށްފައެއް ނުވެއެވެ. ނަމަވެސް މޯދީ ވެއްޓި ވަޑައިގަންނަވާ މަންޒަރު ދައްކުވައިދޭ ވީޑިއޯއެއް މީސްމީޑިއާގައި ހަލުވި ކަމާއެކު ފެތުރެމުން އެބަދެއެވެ.

 

މިއަދު އޮންލައިން