ސައުދީ އަރަބިއާގައި ހުރި މިރީތި މިސްކިތަކީ "ޕެރެޑައިސް ހޭސް މެނީ ގޭޓްސް" (ސުވަރުގޭގެ ދޮރުކޮޅުތައް ނުހަނު ގިނަ) އާޓް ޕްރޮޖެކްޓުގެ ބައެކެވެ.
"ޕެރެޑައިސް ހޭސް މެނީ ގޭޓްސް" ޕްރޮޖެކްޓަކީ ސައުދީ އަރަބީގެ ރައްޔިތެއް ކަމަށްވާ އަޖްލާން ޣަރީމް ގެ އުފެއްދުމެކެވެ. އެޕްރޮޖެކްޓުގައި އޭނާގެ ނުހަނު ގިނަ އާދަޔާ ޚިލާފު ރީތި އުފެއްދުންތައް އަޖްލާން ދައްކާލާފައިވެއެވެ.
އެތެރެ ފެންނަ ގޮތަށް ހުރި މިމިސްކިތް ހަދާފައިވަނީ ދަނގަޑާއި، ބިއްލޫރި، އަދި އެލުމިނިއަމް އިންނެވެ. ކަރަންޓުން ދިއްލޭ ބޮކިވެސް ލާފައި ހުރެއެވެ. ބޭރުން ފެންނައިރު މިމިސްކިތް ހީވަނީ ހަމައެކަނި ދަނގަޑުން ހަދާފައިވާ، ހާމަޔަށް ހުރި މިސްކިތެއް ހެންނެވެ. މިސްކިތް ބިނާކުރުމުގައި އާޓިސްޓު ބޭނުން ކޮށްފައިވަނީ، ރެފިއުޖީން އެތެރެވިޔަ ނުދިނުމަށް ޔޫރަޕާއި އެމެރިކާގެ ގުއަންޓަނާމޯ ބޭ މިލިޓަރީ ޖަލުގައި ބޭނުން ކޮށްފައިވާ ސާމާނެވެ. މިމިސްކިތައް ގިނަ ބައެއްގެ ތަރުޙީބު ލިބުނީ އަލްޖާންގެ އެވިސްނުމުގެ ސަބަބުންނެވެ.

ވަކި ނަމެއް އަދި ދީފައިނުވާ މިމިސްކިތް މިވަގުތު ހުރީ ކެނެޑާގެ ވެންކޫވަރ ގައި ހުންނަ ވެނިއާރ ޕާކުގައެވެ. މިސްކިތުގެ ރީތިކަން ގިނަ ބަޔަކަށް ދައްކާލުމަށް ދެ އަހަރު ދުވަހުގެ މުއްދަތަކަށް އެމިސްކިތް ވެނިއާރ ޕާކުގައި ބަހައްޓާނެ ކަމަށް ސައުދީ އަރަބިއާއިން ބުނެފައިވެއެވެ. އެއަށްފަހު މިސްކިތް އަނބުރާ ސައުދީއަށް ގެންދިޔަ ނަމަވެސް، އިތުރަށް މީހުންނަށް ދައްކާލުމަށްޓަކައި އެހެން ޤައުމުތަކަށް ވެސް އެމިސްކިތް ގެންގޮސްފާނެ ކަމަށް ސައުދީ ސަރުކާރުން ބުނެފައިވެއެވެ.
މިފަދަ ރީތި، އާދަޔާ ޚިލާފު މިސްކިތެއް ބިނާ ކުރިކަމަށްތަކައި އަޖްލާން ޣަރީމް އަށް ގިނަ ބައެއްގެ ތައުރީފާއި ސަނާ ލިބިފައިވެއެވެ.