ނިޕޯން ކުލަ ލައިދިނުމުގެ ޚިދުމަތް އެސްޓީއޯއިން ފަށައިފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 48ސ
ނިޕޯން ކުލަ ލައިދިނުމުގެ ޚިދުމަތް އެސްޓީއޯއިން ފަށައިފި

އެސްޓީއޯ އިން ނިޕޯން ކުލަ ލައިދިނުމުގެ ޚިދުމަތްފަށައިފިއެވެ.

އެސްޓީއޯ ނިޕޯން ކުލަ ގަތުމުން ހިދުމަތް ލިބޭގޮތަށް ފަރުމާކޮފައިވާ މި ޚިދުމަތް ފަށައިދިނީ މިއަދު އެކަމަށްޓަކައި ފިޔަވަތީގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި، ނިޕޯން ޕެއިންޓް ސިންގަޕޯގެ، ސީނިއަ މެނޭޖަރު ބިޒްނަސް ޑިވެލޮޕްމަންޓް އެންޑް އެކްސްޕޯޓް ހެންރީ އަންގް އެވެ.

އެސްޓީއޯއިން ބުނެފައިވަނީ މިހިދުމަތާއެކު ފާރުގެ ހާލަތު ދެނެގަތުމާއި "ކަލާ ސްކީމް" އިހްތިޔާރު ކުރުމުގައި ލަފާދިނުމާއި ކުލަލާއިރު އިމާރާތުގެ ތެރޭގައި ހުންނަ ތަކެތި އަދި ފްލޯރިން ކުލައިން ރައްކާތެރިކޮށްދިނުމާއި ކުލަލުމަށްފަހު ފަރުނީޗަރާއި ތަކެތި އަލުން އަތުރައިދިނުން ހިމެނޭކަމަށެވެ.

ކުލަލުމުގެ ހިދުމަތް އިފްތިތާހު ކުރުމުގެ ގޮތުން ފުރަތަމަ ކުލަ ލައިދީފައިވަނީ ހުޅުމާލޭގައި ހުންނަ ކުޑަކުދިންގެ ހިޔާ، ފިޔަވަތީގަ އެވެ.  

އެސްޓީއޯ އިން ނިޕޯން ކުލަ ލުމުން 12 މަސްދުވަހުގެ ވޮރަންޓީ ވެސް އެކުންފުނިން ދެއެވެ.

 

މިއަދު އޮންލައިން