ރާއްޖޭގަ އިސްލާމް ދީން ކުރިއަރުވަން ކުރާ ކަންކަމަށް ހުރަސް އެޅުމަކީ މެންބަރުންގެ ހުވައާ ޚިލާފުވާނެ ކަމެއް: ޤާސިމް އިބްރާހީމް

އަހުމަދު
ކިޔުމަށް ހޭދަވާނީ 1މ 7ސ
ރާއްޖޭގަ އިސްލާމް ދީން ކުރިއަރުވަން ކުރާ ކަންކަމަށް ހުރަސް އެޅުމަކީ މެންބަރުންގެ ހުވައާ ޚިލާފުވާނެ ކަމެއް: ޤާސިމް އިބްރާހީމް

ރާއްޖޭގައި އިސްލާމް ދީން ކުރިއަރުވަން ކުރާ ކަންކަމަށް ހުރަސް އެޅުމަކީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުން މާތް ﷲ ގަންދީ ކޮށްގެން ތިބޭ ހުވައާއި ޚިލާފުވާނެ ކަމެއް ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޖުމްހޫރީ ޕާޓީން މިރޭ މާމިގިލިގައި ބޭއްވި ޖަލްސާގައި ޤާސިމް އިބްރާހީމް ވިދާޅުވީ ރަމަޟާން މަހަސް މިސްކިތްތަކުގެ އާބާތުރަ ފިލުވައި ޒީނަތްތެރިކުރުމާއި ތަރާވީޙް ނަމާދާއި ދަމުނަމާދު އިމާމްވެ ކުރައްވާނެ ޙާފިޡުން ގެނައުމަކީ ކުރެވޭ އިސްރާފެއް ކަމަށް ބުނެ ވާހަކަ ދެއްކުމަކީ އިސްލާމް ދީނަށް ޙުރުމަތްތެރިކޮށް ހިތަން މާތް ﷲ ގަންދީ ހުވާކޮށްގެން ހުންނަ ހަމަ އެކަކުވެސް ކޮށްގެންވާނެ ކަމެއް ކަމަށް ޤަބޫލުފުޅު ނުކުރައްވަވާ ކަމަށެވެ. 

ޤާސިމް އިބްރާހީމް ވިދާޅުވީ އެމީހާ ހުންނަ ސިޔާސީ ޕާޓީ އާއި ޤައުމުތަކާއި ރަށްތަކާއި ޖަމާއަތްތަކާއި މިހެން ގޮސް ދުނިޔޭގައިވާހައި ތަކެއްޗަކާއި ކަންކަމަށްވުރެ އިސްލާމް ދީން މާމުހިންމު ކަމަށެވެ. އިސްލާމް ދީނަށްވުރެ މުހިންމު އަދި އިސްކަންދޭން ޖެހޭ އެއްވެސް ކަމެއް ނުއޮންނާނެ ކަމަށެވެ.

ޤާސިމް އިބްރާހީމް ވަނީ ކުޅިވަރު ކުޅުމާއި ދެންވެސް ކުރާ ހުރިހާ ކަންކަން ވެސް ކުރަންޖެހޭނީ އިސްލާމް ދީނުގެ އިންތަކުގެ ތެރެއިން ކަމަށްވެސް ވިދާޅުވެފައެވެ. 

މިއަދު އޮންލައިން