އިނގިރޭސިވިލާތުގެ ރޯޔަލް ޑަރބައި ހޮސްޕިޓަލުގައި ޖޫނިއާރ ޑޮކްޓަރެއްގެ ގޮތުގައި މަސައްކަތް ކުރި ފަރާހް ރޮސްލާން، ވަރަށް ތަފާތު ކަމެއް އެހޮސްޕިޓަލަށް ތަޢާރަފްކޮށްފިއެވެ. އޭނާ ތަޢާރަފް ކުރީ އެއްފަހަރު ބޭނުންކޮށްފައި ނައްތާލެވޭގޮތަށް، އޮޕަރޭޝަން ތިއޭޓަރ ތަކުގައި އެޅޭނެ ބުރުގާއެވެ.
އިނގިރޭސިވިލާތުގެ ނޫހަކަށް މައުލޫމާތު ދެމުން ފަރާހް ބުނީ އެޙިޔާލު އޭނާއަށް އައީ، މުޅި ދުވަހު އެއްކޮށް ހޮސްޕިޓަލުގައި އުޅުމަށްފަހު، އެއް ބުރުގާއެއް އަޅައިގެން އޮޕަރޭޝަން ތިއޭޓަރ ގައި ވެސް އުޅުމުން، ބުރުގާއިން ޖަރާސީމް ފެތުރުމުގެ ސަބަބުން ކަމަށެވެ.
"މުޅި ދުވަހު އެއްކޮށް އަހަރެން އުޅެން ޖެހެނީ އެއް ބުރުގާއެއް އަޅައިގެން. މަސައްކަތުގައި ވެސް ގިނަ ވަގުތުވުމުގެ ސަބަބުން ބުރުގާ ހުންނަނީވެސް ހަޑިވެފަ. އޮޕަރޭޝަން ތިއޭޓަރު ފަދަ ތަންތަނަކީ ވަކިން ޚާއްސަކޮށް ވަރަށް ސާފުތާހިރުކަންމަތީ ބަހައްޓަންޖެހޭ ތަންތަން. އަހަންނަކަށް ނުކެރޭ ބުރުގާ ބާލައިގެން ވެސް އެތަނުގަ އުޅޭކަށް. އެއް ދުވަހު އެހެންވެ އަހަރެން ތިއޭޓަރުން ބޭރަށްވެސްލި އެތަނުގެ ސާފުޔާހިރު ކަމަށް ވިސްނާފަ. އެހެންވެ ހިތައް އެރީ ތިއޭޓަރު ތެރޭގައި އަޅަން ރަނގަޅުވާނެ ކަހަލަ ބުރުގާއެއް އީޖާދު ކުރަންވެއްޖޭ" ފަރާހް ކިޔައިދިނެވެ.
މެލޭޝިއާގެ ރައްޔިތެއް ކަމުގައިވާ ރޮސްލާން ބުނީ، އޭނާގެ އެވިސްނުމާއި އީޖާދު ދުނިޔޭގެ އެހެން ހޮސްޕިޓަލުތަކުގެ އޮޕަރޭޝަން ތިއޭޓަރ ތަކުގައި ވެސް ބޭނުން ކުރާނެ ކަމަށް އުންމީދުކުރާ ކަމަށެވެ.