ރައީސް ނަޝީދު ދެކުނު މަހާސިންތާއަށް ވަޑައިގެންނެވި މައްސަލައެއް އޭސީސީއަށް!

ކިޔުމަށް ހޭދަވާނީ 41ސ
ރައީސް ނަޝީދު ދެކުނު މަހާސިންތާއަށް ވަޑައިގެންނެވި މައްސަލައެއް އޭސީސީއަށް!

ކުރީގެ ރައީސް އަދި މިހާރުގެ ރައްޔިތުންގެ މަޖިލިހުގެ ރައީސް މުޙައްމަދު ނަޝީދު ދެކުނު މަހާސިންތާގައި ބައިވެރިވުމަށް ގއ. ވިލިނގިއްޔަށް ކުރެއްވި ދަތުރުފުޅެއްގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ބަލަން ފަށައިފިއެވެ.

އޭސީސީން ބަލަމުން ދަނީ މިއަހަރުގެ އޮގަސްޓު މަހުގެ ތެރޭގައި ގއ. ވިލިނިގިލީގައި ބޭއްވި ދެކުނު މަހާސިންތާގައި ބައިވެރިވުމަށް ރައީސް ނަޝީދު އެރަށަށް ކުރެއްވި ދަތުރުފުޅުގެ ޓިކެޓު ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ ހަރަދުގައި ނަންގަވާފައިވާ ކަމަށް ބުނާ މައްސަލައެކެވެ.

ދެކުނު މަހާސިންތާއަކީ ހުވަދޫ، އައްޑޫ އަދި ފުވައްމުލަކު ކައުންސިލްތަކުން ގުޅިގެން ބާއްވަމުން އަންނަ ސިލްސިލާ މަހާސިންތާ އެކެވެ. ރައީސް ނަޝީދު ވަނީ މަހާސިންތާގައި ބައިވެރިވެވަޑައިގަތުމަށް ފަހު ފުވައްމުލަކާއި އައްޑޫއަށް ވެސް ވަޑައިގެންފައެވެ.

މިއަދު އޮންލައިން