ޤާސިމް ހަސަންގެ ޢާއިލާއަށް ހައްޤު އިންސާފު ލިބިގެން ދާނެ!: ޤާސިމް އިބްރާހީމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 43ސ
ޤާސިމް ހަސަންގެ ޢާއިލާއަށް ހައްޤު އިންސާފު ލިބިގެން ދާނެ!: ޤާސިމް އިބްރާހީމް

ހުޅުމާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މިމަހުގެ 4 ވަނަ ދުވަހުގެ ރޭ މަރައިލި ޤާސިމް ޙަސަންގެ ޢާއިލާއަށް މާތް ﷲގެ ވާގިފުޅާއިއެކު ޙައްޤު އިންޞާފު ލިބިގެންދާނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު، މާމިގިލި ދާއިރާގެ މެންބަރު ޤާސިމް އިބްރާހީމް ވިދާޅުވެއްޖެއެވެ. 

ޤާސިމް އިބްރާހީމް މިމޭރުމުން ވިދާޅުވެފައިވަނީ ޤާސިމް ހަސަންގެ މަރާއި ގުޅިގެން އެކަމުގެ  ތުހުމަތުގައި މީހަކު ހައްޔަރު ކުރި ޚަބަރު ޕޮލިސް ކޮމިޝަނަރ މުޙައްމަދު ޙަމީދު މިރޭ ޢާންމުކުރެއްވުމުން ފުލުހުންގެ ހީވާގި، ޤާބިލް މަސައްކަތުގެ އަގު ވަޒަންކުރައްވައި ޝުކުރު އަދާކުރެއްވުމުގެ ކުރެއްވި ޓްވީޓެއްގައެވެ. 

ޤާސިމް ފަދަ އަޚްލާޤް ރަނގަޅު، މީހަކަށް އުނދަގޫނުކޮށް އަމިއްލަ މަސައްކަތުން ދިރިއުޅޭ މީހަކު މަރާލުމުން ގިނަ ބައެއްގެ ހިތުގައި ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމެއް އުފެދިފައެވެ.

މިއަދު އޮންލައިން