ބްރިޖާއި ހައިވޭ ސަރަހައްދުގައި ކެމެރާ ހަރުކޮށްފި

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 26ސ
ބްރިޖާއި ހައިވޭ ސަރަހައްދުގައި ކެމެރާ ހަރުކޮށްފި

ސިނަމާލެ ބްރިޖާއި ހައިވޭ ސަރަހައްދުގައި ކެމެރާ ހަރުކުރުމަށްފަހު މިހާރު ބޭނުންކުރަން ފަށައިފި އެވެ.

މިކަންހާމަކޮށްފައިވަނީ ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ކުރެއްވި ޓްވީޓެއްގައެވެ. ހަމީދު ވިދާޅުވެފައިވަނީ ސާވެއިލެންސް ކެމެރާ އެ ދެ ސަރަހައްދުގައި ހަރުކޮށް ނިމިފައިވާ ކަމަށެވެ. އަދި ވަރަށް އަވަހަށް ސްޕީޑް ކެމެރާ ވެސް ހަރުކުރާނެ ކަމަށް ހަމީދު ވިދާލުވިއެވެ.

ބްރިޖު އަދި ހައިވޭ ސަރަހައްދުގައި ގިނަ އަދަދަކަށް އެކްސިޑެންޓު ތައް އަންނަނީ ހިނގަމުންނެވެ.

މިއަދު އޮންލައިން