މުސާރައާއި ސާވިސްޗާޖު ކަނޑައަޅަނީ މިނިސްޓަރ އެއްނޫން، އަލީ ވަހީދަކީ ހިންގުންތެރި ވަޒީރެއް: ޤާސިމް

ކިޔުމަށް ހޭދަވާނީ 1މ 12ސ
މުސާރައާއި ސާވިސްޗާޖު ކަނޑައަޅަނީ މިނިސްޓަރ އެއްނޫން، އަލީ ވަހީދަކީ ހިންގުންތެރި ވަޒީރެއް: ޤާސިމް

ރިސޯޓުތަކުގެ މުވައްޒަފުންގެ މުސާރަ އާއި ސާވިސް ޗާޖު ކަނޑައަޅަނީ ފަތުރުވެރިކަމާ ބެހޭ ވަޒީރު ނޫން ކަމަށާއި މިނިސްޓަރު އަލީ ވަހީދަކީ ހިންގުންތެރި ވަޒީރެއްކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލިހުގެ މާމިގިލީ ދާއިރާގެ މެމްބަރު ޤާސިމް މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޓޫރިޒަމް މިނިސްޓަރ އަލީ ވަހީދަކީ ގާބިލް އަދި ހިންގުންތެރި ވަޒީރެއް ކަމަށެވެ. އަދި ޓޫރިޒަމް އިންޑަސްޓްރީ ވިޔަސް، މުވައްޒަފުންނާއި ބެހޭ ކަމެއް ވިޔަސް އަލީ ވަހީދު އެކަމެއް ކުރައްވާނީ ގާނޫނީ ގޮތުން ކުރެވެން އޮތް ގޮތަކަށް ކަމަށްވެސް ގާސިމް ވިދާޅުވިއެވެ.

"މުސާރަ އާއި ސާވިސް ކަނޑައަޅަނީ މިނިސްޓަރެއް ނޫން" ގާސިމް ވިދާޅުވިއެވެ.

މިނިސްޓަރއަލީ ވަހީދަށް ފާޑުކިޔުން އަމާޒުވީ ރިސޯޓުތަކުގެ މުވައްޒަފުންނަށް ސާވިސް ޗާޖުގެ ގޮތުގައި ދެނީ ރަނގަޅު މިންވަރެއް ކަމަށް އޭނާ ވިދާޅުވުމާ ގުޅިގެންނެވެ. އެއާއެކު އެ ދާއިރާގައި މަސައްކަތް ކުރާ ފަރާތްތަކުގެ ފާޑުކިޔުން ޓޫރިޒަމް މިނިސްޓަރަށް އަމާޒުވުމުން އެންމެފަހުން އެމަނިކުފާނު ވަނީ މައާފަށް ވެސް އެދިވަޑައިގެންފައެވެ.

މިއަދު އޮންލައިން