ދުވާފަރުގެ ކަރަންޓުގެ ފެންވަރު ރަނގަޅުކުރަން އެމްޑަބްލިޔޫއެސްސީން އަށްސަތޭކަ ކޭވީގެ ޖެނެރޭޓަރެއް އެރަށް ގެންގޮސްފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 15ސ
ދުވާފަރުގެ ކަރަންޓުގެ ފެންވަރު ރަނގަޅުކުރަން އެމްޑަބްލިޔޫއެސްސީން އަށްސަތޭކަ ކޭވީގެ ޖެނެރޭޓަރެއް އެރަށް ގެންގޮސްފި

ދުވާފަރުގެ ކަރަންޓުގެ ފެންވަރު ރަނގަޅުކުރަން އެމްޑަބްލިޔޫއެސްސީން 800 ކޭވީގެ ޖެނެރޭޓަރެއް އެރަށް ގެންގޮސްފިއެވެ. 

އެރަށުގައި ކަރަންޓުގެ ޚިދުމަތް ދެމުން އަންނަ އެމްޑަބްލިޔޫއެސްސީ އިން ބުނެފައިވަނީ މި ޖެނެރޭޓަރު ބަހައްޓައި ޚިދުމަތް ދޭން ފެށުމުން އެރަށުގައި ދެވޭ ކަރަންޓުގެ ޚިދުމަތް 2200 ކޭވީއަށް އިތުރުވެގެންދާނެ ކަމަށެވެ. އަދި މިއީ އެރަށް ބޭނުންވާނެ ކަރަންޓްގެ ޚިދުމަތް ރަނގަޅު ފެންވަރުގައި ދިގު މުއްދަތަކަށް ފައިދާ ކުރާނެ ގޮތަށް ފޯރުކޮށްދިނުމަށް ކުރިއަށް ގެންދާ މަޝްރޫޢުގެ ތެރެއިން ކުރެވެމުންދާ މަސައްކަތް ކަމަށެވެ. 

ދުވާފަރުން މިއަދުނޫހަށް މައުލޫމާތު ދިން މީހަކު ބުނީ ރޭގެ ވަގުތެއްގައި ޖެނެރޭޓަރު ރަށް ބާލާފައިވާ ކަމަށެވެ. "މިރަށުގަ ކަރަންޓުގެ ޚިދުމަތް ދިނުމުގެ އިތުރުން ފެނާއި ނަރުދަމާގެ ޚިދުމަތްވެސް ދެނީ އެމްޑަބްލިޔޫއެސްސީން. ކުނި މެނޭޖް ކުރަނީވެސް އެކުންފުނިން. އަދި ތާޒާ ފެން ބަންދުކުރާ ޕްލާންޓެއްވެސް އެބަހުރި." 

އޭނާ ބުނީ މިހުރިހާ ޚިދުމަތްތަކެއްވެސް އެ ކުންފުނިން ދެމުން ގެންދަނީ ވަރަށް ރަނގަޅު ފެންވަރުގައި ކަމަށެވެ.

 

މިއަދު އޮންލައިން