އަމިއްލައަށް ކުށްވެރިން ކަމަށް ކަނޑައަޅައި ބޭނުން މީހަކު މެރުމުގެ ބާރު އެމެރިކާއަށް އެކަނި ލިބެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 9ސ
އަމިއްލައަށް ކުށްވެރިން ކަމަށް ކަނޑައަޅައި ބޭނުން މީހަކު މެރުމުގެ ބާރު އެމެރިކާއަށް އެކަނި ލިބެނީ ކީއްވެ؟

ދުނިޔޭގެ ފެންވަރުގައި މިހާރު ކުރަމުން ގެންދާ ބަހުސްތަކުގައި އެންމެ ގިނަ ބައަކު ދެކޮޅު ހަދަމުން ގެންދަނީ އަމިއްލައަށް ޝަރީޢަތްކޮށް ކުށްވެރިން ކަމަށް ކަނޑައަޅައި ބޭނުން މީހަކު މެރުމުގެ ބާރު ހަމައެކަނި އެމެރިކާއަށް ލިބިފައި އޮތުމާއިއެވެ. 

އެމެރިކާއިން މަރަން ބޭނުންވިނަމަ ކޮންމެ މީހަކު މަރައިލުމަށްފަހު އެއީ މިވެނި އެވެނި މިވެނި ކުށްތަކެއް ކުރި މީހަކު ކަމަށް ބުނެ އެމެރިކާއަށް ކުށުން ބަރީޢަ ވެވޭނަމަ އެ ޙައްޤު ދުނިޔޭގެ ހުރިހާ ޤައުމުތަކަށްވެސް ދޭން ޖެހޭނެ ކަމަށް ގިނަ ބައަކު ދެކެއެވެ. 

އެމެރިކާ ބޭނުންވުމުން މީހަކު މަރައިލަނީ އެމެރިކާއިން އަމިއްލައަށް ޝަރީޢަތްކޮށްފައެވެ. އެ ފަދަ ޝަރީޢަތުގެ މަޖިލިސްތަކުގައި ތިބެނީ އެމެރިކާގެ ރައީސް އާއި ރައީސްގެ ސިއްރު ބޯއީސްއެވެ. ތުހުމަތު ކުރެވޭ މީހާ އާއި ގުޅުން ހުރި މީހަކުވެސް ހާޒިރެއް ނުކުރެއެވެ. 

ދުނިޔޭގެ ފެންވަރުގައި މިފަދަ ބަހުސްތައް ކުރަމުން އެބަ ގެންދެއެވެ. ދުނިޔޭގެ އެއްވެސް ޤައުމަކަށް ލިބިފައިވާ ނުވާ ބާރެއް އެމެރިކާއަށް ލިބިގެން އުޅޭ ގޮތެކެވެ. ދުނިޔޭގެ އެންމެންގެ ބެލެނިވެރިކަން އެމެރިކާއަށް ލިބުނު ގޮތެކެވެ. ހަވާލުކުރި ފަރާތެކެވެ! 

އީރާނުގެ ޖެނެރަލް ޤާސިމީ އަވަހާރަކޮށްލުމަށްފަހުގައިވެސް އެމެރިކާއިން ގެންދަނީ ހަމަ މިފަދަ ގޮތަކަށް ވާހަކަތައް ދައްކަމުންނެވެ. އެމެރިކާއިން ޤާސިމީގެ އިސްތަށިފުޅުގައި އަޅުވާ އިލްޒާމްތައް އިރާޤުން މިހާރުވެސް ވަނީ ދޮގުކޮށްފައެވެ. އެހެންކަމުން އެމެރިކާގެ ވާހަކަތަކަށް މިހާރު ވަނީ އިތުބާރު ގެއްލިފައެވެ.

މިއަދު އޮންލައިން