އެމެރިކާއިން ޑްރޯން ހަމަލާއެއް ދީ އަވަހާރަކޮށްލި ޖެނެރަލް ސުލައިމާނީގެ ޖަނަޒާގައި ބައިވެރިވި އެތައް ހާސް އީރާނުގެ ރައްޔިތުން ވަނީ އެމެރިކާއިން ފެށި ހަނގުރާމަ އީރާނުން ނިންމަން ބޭނުންވާކަން ހާމަކޮށްފައެވެ.
އެމީހުން އެކީ އެއްއަޑަކުން ގޮވަމުން ގެންދިއައީ އެކަމަށެވެ. "އޭ އެމެރިކާ! ފެށީ ކަލޭމެން! ނިންމާނީ އަހަރެމެން!"
ބައެއް މުރާސިލުން ބުނަމުންދަނީ ރައީސް ޓްރަމް އުޅޭ ގޮތާއި ކަންކުރާ ގޮތާއި ހިޓްލަރުގެ އަމަލުތަކާއި އެއްވެސް ތަފާތެއް ނެތް ކަމަށެވެ. ޓްރަމްޕަކީ ހަމަ ހިޓްލަރު ފަދައިން މުޅި ދުނިޔޭގެ ވެރިކަން ހޯދައި އެންމެ ބާރުގަދަ މިހާ ކަމަށް ވުމުގެ ހުވަފެން ދެކޭ މީހެއް ކަމަށެވެ.