މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ އެމެރިކާއިން އިރާނަށް ދިން ހަމަލާއެއްގައި ޝަހީދުކޮށްލި އެޤައުމުގެ ޖެނެރަލް ކޮމާންޑަރ ޤައްޒާމް ސުލެއިމާނީ ގެ ޖަނާޒާގައި 35 މީހުން މަރުވެއްޖެއެވެ.
އިރާންގެ ސްޓޭޓް ނިއުސްއިން ރިޕޯޓު ކޮށްފައިވާ ގޮތުގައި، ކަރމަން ސިޓީގައި ބޭއްވުނު ސުލެއިމާނީގެ ޖަނާޒާގައި ނުހަނު ގިނައަދަދެއްގެ މީހުން ބައިވެރިވެފައިވެއެވެ.
އެމީހުން މަރުވީ ސުލެއިމާނީ އަށް އެންމެ ފަހުގެ އިޚްތިރާމް އަދާކުރުމަށް އެއްވެ ތިއްބާ، ފިތިބާރުވެގެން ކަމަށާއި އޭގެއިތުރުން 48 މީހަކަށް އެކިވަރުގެ އަނިޔާތައް ލިބިފައިވާ ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.
މިދިޔަ ހުކުރު ވިލޭރޭ އިރާޤްގެ ވެރިރަށް ބަޤްދާދްގެ އިންޓަނޭޝަނަލް އެއާޕޯޓްގައި ހުންނަވަނިކޮށް އެމެރިކާއިން ވައިގެ ހަމަލާއެއްދީ ސުލެއިމާނީ ޝަހީދު ކޮށްލާފައިވާއިރު، އިރާގުގެ އަސްކަރީ ކޮމާންޑަރެއް ކަމަށްވާ އަބޫ މަހްދީ އަލް މުހަންދިސް ވެސް ވަނީ އަވަހާރަކޮށްލާފައެވެ.
އީރާނުގެ ސިފައިންގެ އެންމެ އިސް ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ސުލައިމާނީ އަކީ އެގައުމުގެ ރައްޔިތުންގެ މެދުގައި ވަރަށް މަގުބޫލު ބޭފުޅެއް ކަމަށްވާއިރު އިރާނުން ވަނީ މިކަމުގެ ބަދަލު ވަރަށް ހިތި ގޮތަކަށް ހިފާނެ ކަމުގެ އިންޒާރު އެމެރިކާ އަށް ދީފައެވެ.
މެދުއިރުމަތީގެ މަސްރަހު އަނެއްކާވެސް ހޫނުވެފައިވާއިރު އެމެރިކާ އިން ވަނީ ގާތްގަނޑަކަށް 3500 ސިފައިން އެ ސަރަހައްދަށް ފޮނުވުމަށް ނިންމާފައެވެ.