ޖެނެރަލް ޤާސިމް ސުލައިމާނީގެ މައްސަލަ- ހުޅަނގުން މުސްލިމުން ޓެރަރިސްޓުންނަށް ހަދައި ލޭބަލް ބަދަލުކުރާ ގޮތުގެ ފުރިހަމަ މިސާލެއް!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 49ސ
ޖެނެރަލް ޤާސިމް ސުލައިމާނީގެ މައްސަލަ- ހުޅަނގުން މުސްލިމުން ޓެރަރިސްޓުންނަށް ހަދައި ލޭބަލް ބަދަލުކުރާ ގޮތުގެ ފުރިހަމަ މިސާލެއް!

އެމެރިކާއިން ޝަހީދުކޮށްލި ޖެނެރަލް ޤާސިމް ސުލައިމާނީގެ މައްސަލައަކީ ހުޅަނގުން މުސްލިމުން ޓެރަރިސްޓުންނަށް ހަދައި ލޭބަލް ބަދަލުކުރާ ގޮތުގެ ފިރިހަމަ މިސާލެކެވެ. 

 

މީގެ ކުޑަ ދުވަސްކޯލެއް ކުރިން ސުލައިމާނީ އަށާއި އީރާނަށް ހަމަ ހުޅަނގާއި އެމެރިކާގެ މީޑިއާތަކުން ތަޢްރީފްކުރީ އައިސިސް ޢާއި ދެކޮޅަށް ކާމިޔާބުކުރުމުގައި އީރާނާއި ސުލައިމާނީގެ ދައުރަށެވެ. ހަމަ ކުއްލިއަކަށް މިހާރު އެވަނީ ސުލައިމާނީ ޓެރަރިސްޓަކަށް ބަދަލުކޮށްފައެވެ. 

 

ހުޅަނގާއި އެމެރިކާއިން ބޭނުންވާ ކަމެއް ޙާޞިލުކުރަންވުމުން އެކަމެއް ކުރުމަށްފަހު މުސްލިމުންގެ ބޮލުގައި ޓެރަރިޒަމްގެ ތާކިހާ އެޅުވުމަކީ އަބަދުވެސް އެކަން ކުރަމުން ގެންދާ ގޮތެވެ. ހިތާމައަކީ މުސްލިމުންނާއިމެދު ހުޅަނގާއި އެމެރިކާއިން އަމަލުކުރަމުން އަންނަ ގޮތް މުސްލިމުންގެ ވެރިންނަށް ނުވިސްނޭ ކަމެވެ. ނުވަތަ ނިގޫފިތިފައި ތިބި މިންވަރެވެ. 

 

މުސްލިމުންގެ ޢަދާވާތްތެރިން މުސްލިމުންގެ ލޭބަލް ބަދަލުކުރަމުން ގެންދާ ގޮތް ޓްވީޓުގައިވާ ވީޑިއޯ އިން ފެނިވަޑައިގަންނަވާނެއެވެ. ބައްލަވައިލައްވާށެވެ!

މިއަދު އޮންލައިން