ހިމަބިހި ޖެހުނު ކުއްޖާއަށް ވަނީ އެހެން ވެކްސިންތައް ޖަހާފަ! ނުޖެހި ވަނީ މީސްލްސް ވެކްސިން!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 48ސ
ހިމަބިހި ޖެހުނު ކުއްޖާއަށް ވަނީ އެހެން ވެކްސިންތައް ޖަހާފަ! ނުޖެހި ވަނީ މީސްލްސް ވެކްސިން!

ރާއްޖެއިން ހިމަބިހި ނުފެންނަތާ 4 ވަރަކަށް އަހަރަށްފަހު ބަލިޖެހި ޕޮޒިޓިވްވެފައިވަނީ އެހެން ވެކްސިންތައް ދީފައިވާ ކުއްޖަކަށް ކަމަށާއި އެ ކުއްޖާއަށް ނުޖެހި ވަނީ ހަމައެކަނި މީސްލްސްއަށް ޖަހާ ވެކްސިންކަމަށް މިއަދުނޫހަށް މައުލޫމާތު ލިބިއްޖެއެވެ. 

ހެލްތް މިނިސްޓްރީގެ އޮފިޝަލަކު ވިދާޅުވީ އެ ކުއްޖާއަށް ނުދެވި ވަނީ ހަމައެކަނި މީސްލްސްގެ 2 ޑޯޒް ކަމަށެވެ. 

މިއަދުނޫހުން އެކަން ކަށަވަރުކުރީ ބައެއް ބެލެނިވެރިން ވެކްސިން ދޭން ދެކޮޅުހަދާ ކަމުގެ މައްސަލަތަކެއް ފެންމަތިވެފައިވާތީ މިއީވެސް އެފަދަ ބެލެނިވެރިއެއްގެ ދަރިއެއްކަން ބެލުމަށެވެ. 

އެޗްޕީއޭ އިން މިއަދު ބުނެފައިވަނީ ހިމަބިހި ޖެހިފައިވަނީ އުމުރުން 3 އަހަރުގެ ކުޑަކުއްޖަކަށް ކަމަށެވެ. 

އެ ކުއްޖާއަށް ފަރުވާ ދިނުމަށްފަހު މިހާރު އައިޖީއެމްއެޗުން ދޫކޮށްލާފައިވާ ކަމަށާއި ދޫކޮށްލީ އެ ކުއްޖާގެ ގައިން އެހެން މީހެއްގެ ގައަށް ނާރާނެކަން ކަށަވަރުވުމުން ކަމަށް އައިޖީއެމްއެޗާއި ހަވާލާދީ ބައެއް ނޫސްތަކުގައި ބުނެފައިވެއެވެ.

މިއަދު އޮންލައިން