ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް މިމަހު އަށާވީހުގަ ފެށޭނެ!

ކިޔުމަށް ހޭދަވާނީ 43ސ
ރައީސް ޔާމީންގެ އިސްތިއުނާފް އަޑުއެހުންތައް މިމަހު އަށާވީހުގަ ފެށޭނެ!

މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ 5 އަހަރު ދުވަހަށް ޖަލަށްލުމަށް ހުކުމް ކޮށްފައިވާ ކުރިގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމްގެ މައްޗަށް ކްރިިމިނަލް ކޯޓުން އިއްވި ހުކުމްގެ އިސްތިއުނާފް އަޑުއެހުންތައް މިހިނގާ ޖަނަވަރީ މަހުގެ 28 ގައި ފަށަން ނިންމައިފިއެވެ.

ރައީސް ޔާމީންގެ މައްޗަށް އިއްވާފައިވާ ހުކުމް ހައިކޯޓުގައި އިސްތިއުނާފް ކޮށްފައިވަނީ 2019 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 30 ވަަނަ ދުވަހުގައެވެ. އެމަނިކުފާނު ފަސް އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވަނީ އެއަހަރުގެ ނޮވެމްބަރ މަހުގެ 28 ވަނަ ދުވަހުއެވެ.

ފަސް އަހަރަށް ޖަލަށްލުމުގެ އިތުރުން ފަސް މިލިއަން ޑޮލަރުން ރައީސް ޔާމީން ޖޫރިމަނާ ކުރަން ވެސް އެކޯޓުން ވަނީ ހުކުމްކޮށްފައެވެ. އަދި އެ ފައިސާ ފަސް މަސް ދުވަހުގެ ތެރޭގައި ދައްކަން ވެސް ވަނީ އަންގާފައެވެ.

މިއަދު އޮންލައިން