ހުޅުމާލޭގައި ޑިންގީ އަޅަން ވަކި ސަރަހައްދެއް ހަދައި ޖާގަ ދޫކުރާނީ!

މޫސާ ވަހީދު
ކިޔުމަށް ހޭދަވާނީ 37ސ
ހުޅުމާލޭގައި ޑިންގީ އަޅަން ވަކި ސަރަހައްދެއް ހަދައި ޖާގަ ދޫކުރާނީ!

ހުޅުމާލޭގެ ހުޅަނގު ޖެޓީ ސަރަހައްދުން ޑިންގީ އަޅަން ވަކި ސަރަހައްދެއް ހަދައި މި ކަމަށް ކަނޑައަޅާފައިވާ ފޯމު ދޫކުރަން ފަށައިފިއެވެ.

މިކަމާ ގުޅިގެން އެޗްޑީސީ އިން ބުނެފައިވަނީ ޑިންގީ އެޅުމަށް 120 ޖާގަ ކަނޑައަޅާފައިވާ ކަމަށާއި މި ސަރަހައްދުގައި ޑިންގީ އަޅަން ބޭނުންވާ މީހުން، އެކަމަށް ކަނޑައަޅާފައިވާ ފޯމު ފުރިހަމަކުރުމަށްފަހު މިމަހުގެ 19 ގެ ކުރިން ހުށަހަޅަން ޖެހޭނެކަމަށެވެ.

ޖާގަ ދޫކުރުމުގައި އިސްކަންދޭނީ ކެޓަގަރީ އޭގެ ދަށުން ހުޅުމާލޭގައި ދިރިއުޅޭ ހުޅުމާލޭގެ ރައްޔިތުންނަށް ކަމަށާއި، އަދި ކެޓަގަރީ ބީ ގެ ދަށުން ހުޅުމާލޭގައި ދިރިއުޅޭ، ހުޅުމާލޭގެ ރައްވެހިން ނޫން މީހުންނަށްވެސް އެ ސަރަހައްދުގައި ޑިންގީ އެޅުމުގެ ފުރުސަތު ދޭނެ ކަމަށް އެޗްޑީސީ ވަނީ ބުނެފައެވެ.

 

 

މިއަދު އޮންލައިން