ހިމަބިއްސަށް ސްކްރީން ކުރުމަށް ޚާއްސަ މަރުކަޒެއް ހުޅުމާލޭގައި ގާއިމްކޮށްފި!

ކިޔުމަށް ހޭދަވާނީ 52ސ
ހިމަބިއްސަށް ސްކްރީން ކުރުމަށް ޚާއްސަ މަރުކަޒެއް ހުޅުމާލޭގައި ގާއިމްކޮށްފި!

ހިމބިހި (މީސްލްސް) އަށް ސްކްރީން ކުރުމަށް ޚާއްސަ މަރުކަޒެއް ހުޅުމާލޭގައި ގާއިމްކޮށްފިއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިމަރުކަޒު ހުންނާނީ ހުޅުމާލޭ އޯޓިޒަމް ސެންޓަރު ކައިރީގައި ހުންނަ ޕްރީ ސްކޫލުގައި ކަމަށެވެ. އަދި އެމަރުކަޒުން ޚިދުމަތް ހޯދާނީ ހުން އައުމާއެކު ގައިގައި ބިހިތަކެއް ނަގާފައިވާ މީހުން އެކަނި ކަމަށެވެ.

އެޗްޕީއޭ އިން ބުނެފައިވާ ގޮތުގައި އެމަރުކަޒުން ޚިދުމަތް ދެނީ ކޮންމެ ދުވަހެއްގެ ހެނދުނު 8:00 ން ފެށިގެން އެރޭ 22:00 ޖެހުމާއި ހަމައަށެވެ.

މީގެއިތުރުން އެބަޔާނުގައި ބުނެފައިވަނީ އެ މަރުކަޒަށް ދާއިރު، ވެކްސިން ކާޑު ނުވަތަ ވެކްސިން ޖަހާފައިވާކަމުގެ ލިޔުމާއި އައިޑީ ކާޑު ގެންދިޔުމަށެވެ. ބިދޭސީއެއް ނަމަ އެ މީހެއްގެ ޕާސްޕޯޓު ނުވަތަ ވޯކް ޕާމިޓް ކާޑު ބޭނުންވާނެ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ސްކްރީނިން މަރުކަޒުގެ ހިދުމަތްތަކާ ބެހޭ މައުލޫމާތު ހޯދަން އެކަމަށް ހާއްސަކޮށްފައިވާ ހޮޓްލައިން ނަމްބަރު، 7289259 އަށް ގުޅުމަށް އެދެ އެވެ.

މިއަދު އޮންލައިން