އުމުރުން ދުވަސްވީ މީހަކު ބާރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް!

ކިޔުމަށް ހޭދަވާނީ 46ސ
އުމުރުން ދުވަސްވީ މީހަކު ބާރަ އަހަރުގެ ކުއްޖަކަށް ޖިންސީ ގޯނާކުރި މައްސަލައެއް!

ރާއްޖޭގެ ރަށެއްގައި އުމުރުން ދުވަސްވީ މީހަކު 12 އަހަރުގެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފެންމަތިވެއްޖެއެވެ.

މިމައްސަލައާއި ގުޅޭގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދލުވީ މިމަހުގެ 11 ވަނަ ދުވަހު ސައުތު ސެންޓްރަލް ޕޮލިސް ޑިވިޝަންގައި ހިމެނޭ ރަށަކުން 12 އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށެވެ.

މިމައްސަލައިގައި ކޯޓު އަމުރެއްގެ ދަށުން އުމުރުން 80 އަަހަރުގެ ދިވެހި ފިރިހެނެއް މިއަދު ހައްޔަރު ކުރެވިފައިވާ ކަމަށް ވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

ފުލުހުން ދަނީ މިމައްސަލަވެސް ތަހުގީގު ކުރަމުންނެވެ.

ކުޑަކުދިންނަށް ކުރަމުން އަންނަ ޖިންސީ ގޯނާގެ މައްސަލަތައް، މިދިޔަ ބުރާސްފަތި ދުވަހު ހާމަވީ (އުމުރުން ދެ އަހަރު ނުފުރޭ ތުއްތު ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ) މައްސަލައަށްފަހު މިއަންނަނީ ނުހަނު ހަލުވި ސްޕީޑުގައި ހާމަވަމުންނެވެ.

މިއަދު އޮންލައިން