ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އަޙްމަދު މުޙައްމަދުފުޅު ޢައްޔަންކުރައްވައިފި

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 1މ 10ސ
ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް އަޙްމަދު މުޙައްމަދުފުޅު ޢައްޔަންކުރައްވައިފި

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމުގައި ކުރިން ހުންނެވި ހެންވޭރު މާފިޔަ، ޢަބްދުﷲ މުނާޒް އެ މަގާމުން މިއަދު ވަކިކުރައްވައި، މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް، ރ.ކަނދޮޅުދޫ، ރިހިތަޅާގެ އަޙްމަދު މުޙައްމަދުފުޅު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް މިއަދު އައްޔަންކުރައްވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ވިދާޅުވެފައިވަނީ ސަރުކާރުން ގެންނެވި މި ބަދަލަކީ ޖަލުތަކުގެ ހިންގުމުގެ ކަންކަން ހަރުދަނާކުރެއްވުމުގެ ގޮތުން ގެންނެވި ބަދަލެއް ކަމަށެވެ.

ކޮމިޝަނަރ އޮފް ޕްރިޒަންސްގެ މަގާމަށް ޢައްޔަންކުރެއްވި އަޙްމަދު މުޙައްމަދުފުޅު އައްޔަންކުރައްވާފައި ވަނީ ދިވެހިރާއްޖޭގެ ޖަލުތަކާއި ޕެރޯލްގެ ޤާނޫނު ގެ 18 ވަނަ މާއްދާގައިވާ ގޮތުގެމަތިންނެވެ.

އަޙްމަދު މުޙައްމަދުފުޅު އެންމެ ފަހުން އަދާކުރެއްވީ އިންސްޕެކްޓަރ އޮފް ކަރެކްޝަނަލް ސަރވިސްގެ މަޤާމެވެ. އަޙްމަދު މުޙައްމަދު ފުޅު ވަނީ ޤައުމީ ޔުނިވަރސިޓީން ސޯޝަލް ޕޮލިސީގެ ދާއިރާއިން މާސްޓާރސް ޑިގްރީ ޙާސިލުކުރައްވާފައެވެ. ބެޗްލާސް ޑިގްރީ ޙާޞިލްކުރައްވާފައި ވަނީ ޕޮލިޓިކަލް ސައިންސް އެންޑް އިންޓަރނޭޝަނަލް ރިލޭޝަންސްގެ ދާއިރާއިން ޤައުމީ ޔުނިވަރސިޓީންނެވެ.

 

މިއަދު އޮންލައިން