ސައިކަލް ދުއްވާ ކަނބަލުން އިތުރަށް ސަމާލުކަން ދެއްވަން ވެއްޖެ! ރޭ ވެސް ކަނބަލަކަށް އަނިޔާ ވެއްޖެ!

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 37ސ
ސައިކަލް ދުއްވާ ކަނބަލުން އިތުރަށް ސަމާލުކަން ދެއްވަން ވެއްޖެ! ރޭ ވެސް ކަނބަލަކަށް އަނިޔާ ވެއްޖެ!

ހުޅުމާލެ ބްރިޖުން އައިސް މާލެ އައުމަށް ބްރިޖަށް އަރާ ސަރަޙައްދުގައި ރޭ ވަނީ ކާރަކާއި ސައިކަލެއް ޖެހި އެކްސިޑެންޓެއްވެފައެވެ. އެކްސިޑެންޓުވީ ކާރެއް ދުއްވާފައި ދަނިކޮށް އަންހެނަކު ދުއްވި ސައިކަލެއް ފަހުން ގޮސް ކާރުގެ ފަހަތުގައި ޖެހިގެންނެވެ.

ފުލުހުން ބުނެފައިވަނީ ސައިކަލް ދުއްވީ 27 އަހަރުގެ އަންހެނަކު ކަމަށާއި އޭނާގެ ބޭރުފުށުން ސީރިއަސް އަނިޔާއެއް ފެންނަން ނެތް ކަމަށެވެ. މާޝާ ﷲ!

ފަހަކަށް އައިސް ބައެއް ކަނބަލުން ވަރަށް ބާރު ސްޕީޑްގައި ދުއްވާ ކަމާއި ވަރަށް ހަނި ދޭތެރެތަކުން ދެމިގެންނަން އުޅޭކަން ފާހަގަކުރެވުން ދަނީ އިތުރުވަމުންނެވެ. ވީމާ ސައިކަލް ދުއްވަވާ ކަނބަލުން އެކަނބަލުންގެ އަމިއްލަ ސަލާމަތްކަމަށް ބަލައިގެން ދުއްވުމުގެ މުހިންމުކަން ފާހަގަކުރެވެއެވެ.

މިއަދު އޮންލައިން