ލޯބިން އަންހެންކުދިންގެ މުޅި ހަޔާތް ހަލާކު ކުރާ މީހުންނަށް އަދަބުދޭން ސަރުކާރު ފަސް ޖެހި އެކަން ކުރަން ޙިތްވަރުދެނީ ކީއްވެ؟

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 2މ 40ސ
ލޯބިން އަންހެންކުދިންގެ މުޅި ހަޔާތް ހަލާކު ކުރާ މީހުންނަށް އަދަބުދޭން ސަރުކާރު ފަސް ޖެހި އެކަން ކުރަން ޙިތްވަރުދެނީ ކީއްވެ؟

ކިތަންމެ ލޯބިން ނަމަވެސް ކައިވެނީގެ ބޭރުން ޖިމާޢުވުމަކީ ޒިނޭކުރުމެވެ. އެކަން ކުރުމުން ދަރިން އެބަ ލިބެއެވެ. ދަރިން ލިބުމުން އެކަމުގެ ލައްގަނޑު އަންހެން ކުއްޖާގެ ގައިގައި ޖެހި މުޅި އުމުރަށް އެ ލައްގަނޑު އުފުލަން ޖެހެއެވެ. މުޅި ޢުމުރަށް އަނހެން ކުއްޖާގެ ފަސްބައިގައި އެކަން ލައްގަނޑެއްގެ ގޮތުގައި އިނދެއެވެ. އެއީ ޖިމާޢުވީ ފިރިހެނަކާއިއެކުގައި ކަމަށްވީ ނަމަވެސް ވިހަނީ އަނހެން މީހާ ކަމަށްވާތީއެވެ. ފިރިހެނުން ރެކި ފިލާތީއެވެ. 

90% ފަހަރު އަންހެން ކުއްޖާއަށް އެ އަނިޔާދިން ފިރިހެން މީހާ ރެކި ބޯދަމައިގަނެއެވެ. ބަލިވެ އިންނަ ހިސާބުން ބޯދަމައިގަނެއެވެ. އަންހެން ކުއްޖާ އެއީ ދަންނަ މީހަކަށް ވެސް ނުހަދައެވެ. ނަމަވެސް ޔަޤީން ކަމަކީ ދުނިޔޭގައި އޭނާ ފިލި ނަމަވެސް އާޚިރަތް ދުވަހު ނުފިލޭނބެ ކަމެވެ. މާތް ﷲގެ ދަރުބާރުގައި އޭނާގެ ގުނަވަންތަކުން ހެކިދީނެކަމެވެ. 

ދީނީ ޢިލްމުވެރިން ވިދާޅުވާ ގޮތުގައި ޑީއެންއޭގެ މައްޗަށް ނުދެވޭނެ އަދަބަކީ ރަޖަމް ކުރުމެވެ. ހައްދު ޖެހޭނެއެވެ. ވީމާ ޒިނޭކުރި ފިރިހެން މީހާއަށް މިޒަމާނުގައި އަދަބު ނުދެވި ސަލާމަތްވެވިގެން ނުވާނެއެވެ. އަދި އަދަބު ދެވޭނަމަ މީޙުން ބިރުގަނެ ފާފަތަކަށް އަރައިގަތުން މަދުވާނެއެވެ. ވީއިރު ޒީރޯ ޓޮލަރެންސްގެ ދަށުން ތަންފީޒުކުރަން ފަށަންވީ މިފަދަ ކަންކަންކަން ނޫންތޯއެވެ؟ 

18 އަހަރު ފުރުނު ނަމަވެސް އަދި ނުފުރުނު ނަމަވެސް ކިތަންމެ ލޯބިން ކިތަންމެ އޯގާތެރިކަމާއިއެކު ކުރި ނަމަވެސް ކައިވެނީގެ ބޭރުން ޖިމާޢުވުމަކީ ޒިނޭކުރުމެވެ. އެކަމަށް ތަފާތު ނަންތައް ހަދައިގެން ކިޔަނީވެސް އެކަން ކުރާ މީހުންނަށް އެކަން ކުރަން ހިތްވަރު ދިނުމަށެވެ. އެއީ ބޮޑުވެގެންވާ ފާފައެއްކަން އޮޅުވައިލުމަށެވެ. އެފާފައިގެ ބޮޑުކަން ހިތްތަކަށް ވަނަނުދިނުމަށެވެ. އެއީ އެއްވެސް ކުށެއް ނޫންކަން ފެތުރުމަށެވެ. 

އަންހެން ކުދިންގެ ޢިއްފަތްތެރިކަމަށް އަރައިގަނެ އނިޔާވެރިވަމުންދާ މައްސަލަ ރާއްޖޭގައި ވެސް މިވަނީ އެންމެ ބޮޑު ވަބާއަކަށްވެފައެވެ. އެކަމާއިމެދު ކަންބޮޑުނުވާ ހަމައެކަނި ފަރާތަކީ ޤާނޫނު ހަދާ މަޖިލީހެވެ. ދައުލަތެވެ. އެހެނީ އެކަންކުރާ މީހުންނަށް ޙައްޤު އަދަބު ދޭން ދެހޭ ފަރާތަކީ ދައުލަތްކަމަށްވުމުންނެވެ. އަދަބު ދިނުމަށް މަގުފަހިކޮށްދޭ ގޮތަށް ޤާނޫނުތައް ހެދުމަކީ ޤާނޫނު ހަދާ މަޖިލީހުން ކުރަން ޖެހޭ ކަމަކަށްވާތީއެވެ. 

ކުޑަކުދިންނަކީ ވަކި އުމުރެއްގެ ބައަކު ކަމަށް ބުނެ ޤާނޫނު ހަދާފައިވާނަމަ އެ ޤާނޫނު ހަމަ އެއް އުޞޫލަކުން ތަންފީޒުކުރެވެން އެބަޖެހެއެވެ. ޤާނޫނުގައި ބުނާ އުމުރުގެ ކުދިންނަށް ހިމާޔަތާއި ރައްކައުތެރިކަން ފޯރުކޮށްދޭން އެބަޖެހެއެވެ. ލޯބިވެގެން ނަމަވެސް އެކުދިންގެ ޙައްޤުތަކަށް އަރައިގަނެ އެކުދިންނާ ޒިނޭކުރާ މީހުންނަށް އަދަބުދޭން އެބަ ޖެހެއެވެ. 

ޤަބޫލުކުރަން ޖެހޭނެ ކަމަކީ ޒިނޭކުރުމަކީ ކުޑަކުދިންއ ކުރާ ކަމެއް ނޫންކަމެވެ. ކުޑަކުއްޖަކު ޒިނޭކުރަން ބޭނުންވެސް ނުވާނެ ކަމެވެ. އަދި ކުޑަ ކުއްޖަކު ނުވެސް ވިހާނެ ކަމެވެ. 

15 އަހަރުގެ ކުއްޖަކު 13 އަހަރުގެ ކުއްޖަކާ ޒިނޭކޮށްގެން ދަރިއަކު ލިބުނު މައްސަލައެއްވެސް ވަނީ ފެންމަތިވެފައެވެ. އެކަމާއި އަޅައިލި ފަރާތެއް އެނގިފައެއް ނެތެވެ. އެކަން އެކުރީ އެކުދިން ބާލިޣްވެފައި ތިބުމުންނެވެ. އެކުދިންނަށް ދަރިއަކު އެ ލިބުނީ ވެސް ބާލިޣްވެފައި ތިބުމުންނެވެ. ވީއިރު އެކުދިންގެ މައްޗަށް ވާޖިބުވާ ޙައްދު އެކުދިންނަށް 18 އަަހރު ފުރުމުން ނަމަވެސް ޤާއިމު ނުކުރެވޭނަމަ އެކަން ނުކުރި ފަރާތް މާތް ﷲގެ ޙަޟްރަތުގައި ޖަވާބުދާރީ ނުވެ ސަލާމަތް ވެވޭނެ އެއްވެސް ގޮތެއް އޮންނާނެކަމަށް ހީކުރާނަމަ އެއީ އިބިލީހުގެ ވަސްވާސަކަށް ތަބަޢަވުމެވެ.

މިއަދު އޮންލައިން