އަޅުގަނޑުމެންނަށް ދިން އަނިޔާއަށްވުރެ ބޮޑެތި އަނިޔާ އަޅުގަނޑުމެންގެ އަނބިދަރިންނަށް ދިން: ނާޒިމް

އަބްދުއްލަތީފް
ކިޔުމަށް ހޭދަވާނީ 58ސ
އަޅުގަނޑުމެންނަށް ދިން އަނިޔާއަށްވުރެ ބޮޑެތި އަނިޔާ އަޅުގަނޑުމެންގެ އަނބިދަރިންނަށް ދިން: ނާޒިމް

"އަޅުގަނޑުމެން ޙުކުމް ތަންފީޒުކުރިއިރު އަޅުގަނޑުމެންނަށް ދިން އަނިޔާއަށްވުރެ ބޮޑެތި އަނިޔާ އަޅުގަނޑުމެންގެ އަނބިދަރިންނަށް ދިނެވެ. އަޅުގަނޑުމެންގެ އަނބިން އޮރިޔާންކުރުމަށްފަހު ސްކޮޓްވެސް ކުރަން ޖެއްސިއެވެ. އެދުވަސްތައް މަތިން ހަނދާން ނެތް މީހުންނަށް ޖަވާބު ނުދެއްވުން މާރަނގަޅުވާނެއެވެ." –އަހްމަދު ނާޒިމް (ދިއްގަރު ދާއިރާގެ ކުރީގެ މެންބަރު) 

ނާޒިމް މިފަދައިން ޓްވީޓް ކުރައްވާފައިވަނީ "ރައީސް ޔާމީން ޖަލުގައި ބަހައްޓަނީ ރައީސް ނަޝިދު އާއި ރައީސް މައުމޫންވެސް ބަންދުގައި ބޭތިއްބި ތަން އިތުރަށް ފުރިހަމަކުރުމަށް" ފަހުގައި ކަމަށް ވިދާޅުވެ ހޯމް މިނިސްޓަރު ޝައިޚް އިމްރާން ޢަބްދުﷲ ކުރެއްވި ޓްވީޓަކަށް ޖަވާބު ދެއްވަމުންނެވެ. 

ރައީސް ޔާމީނުގެ ސަޕޯޓަރުން ގެންދަނީ ޖަލުގައި ޔާމީން ބަހައްޓާފައި ހުރި ގޮޅީގެ ފެންވަރާއިމެދު ޝަކުވާ ކުރަމުންނެވެ. ހިކޭތީ ޝަކުވާކުރަމުންނެވެ. ޙުކުމް އިންޞާފުވެރި ނޫން ކަމަށްވެސް ބުނަމުންނެވެ. 

ރައީސް ޔާމީނުގެ ވެރިކަމުގައި ސިޔާސީ ލީޑަރުން ފަންކާއެއްވެސް ނެތް ދޫނިދޫ ކުޑަގޮޅިތަކުގައި ވައި ނުލިބޭ ގޮތަށް ބަނަދުކޮށްފައި ބޭތިއްބިއެވެ. ރައީސް ޔާމީން ވިދާޅުވެފައިވަނީ މީހުން ޖަލުގައި ބަންދުކުރަނީ ޖަލު ހުރުމުން ކަމަށެވެ.

މިއަދު އޮންލައިން